ޕާކިސްތާނަށް މިހާރު ކުރާ ވިއްސާރާގައި އަވަށްތަކުގައި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހިފައި ތިބި މީހުން މިލިއަނުން ގުނަން ފަށައިފި އެވެ.
ސަބަބު ދެނެގަނެވިފައި ނެތް މޫސުމީ ބަދަލުތަކާ އެކަނިމާއެކަނި ކުރިމަތިލެވޭ ފެންވަރު ގައުމުގައި ނެތް ކަމަށް ޕާކިސްތާން އޮތީ ބުނެފަ އެވެ. ބައިނަލްއަގުވާމީ އެހީތެރިކަން އެ ގައުމަށް ބޭނުންވާ ކަމަށް ވެސް ވަނީ ގޮވާލާފަ އެވެ.
ޕާކިސްތާނަށް މިހާރު ކުރާ ވިއްސާރާގައި ލިބެމުންދާ ގެއްލުން 2010 ގައި ކުރިމަތިވި ފެންބޮޑުވުމުގެ ހާދިހާއަށް ވުރެ ބޮޑުވާނެ ކަމަށް އިދާރާތަކުން ބުނެ އެވެ. އެ ހާދިސާގައި 2،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
އާދަޔާ ޚިޔާފަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުމާއި ބިންގަނޑު ގަނބައިގަތުން ފަދަ ހާދިސާތައް އާންމުން ދަނީ ތަޖުރިބާ ކުރަމުންނެވެ.
ބެލޮޗިސްތާން އާއި ޕަންޖާބު އަދި ސިންދު ޕްރޮވިންސްގައި ވެސް ނުރައްތެރި ހާދިސާތައް އާންމު ތަޖުރިބާ ކުރަމުންދާ ކަމަށް އިދާރާތަކުން ބުނެ އެވެ. ޚަބަރުތައް ބުނާ ގޮތުން އާންމު ހާލަތު އެންމެ ގޯހީ ސިންދުގަ އެވެ.
އޮފިޝަލުން ބުނާ ގޮތުން މީހުން މަރުވާން ދިމާވެފައި އޮތް އެންމެ ބޮޑު ސަބަބަކީ އުސް ތަންތަނަށް އެރުމަށްޓަކައި ގެދޮރު ދޫކޮށް ދިއުމެވެ. އެއްފަހަރާ ގިނަ ބަޔަކު ފެލި ފަރުބަދަތަކަށް އަރަން ހަދައިގެން ފަސްގަނޑު ދެމިގަނެ މީހުންނާ އެކު ވަޅުލެވިފައި ހުރި ކަމަށް ވެސް، މީހުން ސަލާމަތްކުރަން އުޅޭ ޓީމްތަކުން ބުނެ އެވެ.
އުސް ބިންތަކުން ތިރިއަށް އޮހޮރިގެން އަންނަ ފެންގަނޑުން ރާޅުބާނި ހެދި އެތައް ބަޔަކު ގެނބިފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ. ވެއްޔާއި ފެނާ އެކުވެ މީހުންނާ އެކު މަސްހުނިވެފައި ވާތީ ފެންނަ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.
ޒަމާނީ ވަސީލަތްތަކާ އެކު މީހުން ހޭލުންތެރިކޮށް ސަލާމަތްކުރަން ކުރާ މަސައްކަތްތަކުން 10،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ތަންތަނަށް ގޮސްފައިވާ ކަމަށް ޖިއީ ނިއުސް އިން ޚަބަރު ދެ އެވެ.
ޕާކިސްތާން ބުނާ ގޮތުން މީހުން ސަލާމަތްކުރަން ކުރަން ހުރި މަސައްކަތްތައް އަމިއްލައަށް ކުރެވޭ ވަރަށް ވުރެ ގިނަ އެވެ. އެހީދޭ ޖަމާއަތްތަކާއި އެކުވެރި ދައުލަތްތަކުން ޕާކިސްތާނަށް އެހީތެރިވުމަށް އިސްލާމްއަބާދު އޮތީ ގޮވާލާފަ އެވެ.