ރައީސް އޮފީސް

ތަސްމީނަށް ފަތްކޮޅު އަރުވައިފި

ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ. ރުވާމާގެ، އަހްމަދު ތަސްމީން އަލީ ހަމަޖެއްސެވުމުން --
0%
75%
25%

ދިވެހި ރާއްޖެއިން، ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ހ. ރުވާމާގެ، އަހްމަދު ތަސްމީން އަލީ މިއަދު އައްޔަނުކުރައްވައި، އެމަނިކުފާނަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ތަސްމީން އަލީއަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ފަތްކޮޅު ދެއްވ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ތަސްމީން އަކީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ވޯރިކްއިން އިކޮނޮމިކްސްގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެމަނިކުފާނު މީގެ ކުރިން ފުރުއްވާފައިވާ މުހިއްމު ބައެއް މަގާމްތަކުގެ ތެރޭގައި، މިނިސްޓަރު އޮފް ހޯމް އެފެއާޒްގެ މަގާމާއި މިނިސްޓަރު އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހިމެނެއެވެ.

ރާއްޖޭގައި ދެވަނައަށް އުފެދުނު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރުކަންވެސް ވަރަށް ދިގު މުއްދަތަކަށް ކުރެއްވިއެވެ. 2008 ވަނަ އަހަރު ރައީސް މައުމޫންގެ ރަނިންމޭޓަކީވެސް އެމަނިކުފާނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބާޤިރު

މީނަ އާއި މީނަގެ އަންހެނުންނަކީ ހައްދަވައިގެން ކަމެއް ނުކޮށް ރައްޔިތުންގެ ފައިސާގައި ކައިގެން ބޮއިގެން އުޅޭ ބައެއް.

ހެޕީ

މީވެސް ކޯލިސަންގެ ޕާޓް ނަރެއް ދޯ!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910