ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް މ އަތޮޅަށް ވަޑައިގަންނަވަނީ

ރައީސް ސޯލިހް ހޮޅުދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އެ އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު އޮތީ މި މަހުގެ 27 އިން 29 އެވެ. މުލަކަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެއީ ރަތްމަންދޫ އާއި މަޑުއްވަރި އާއި ދިއްގަރުގެ އިތުރުން ވޭވަށް އަދި މުއްޔެވެ.

މި ދަތުރުފުޅުގައި މި ރަށްތަކުގައި ހިނގަމުންދާ މަސައްކަތްތައް މަނިކުފާނު ބައްލަވާލައްވާނެ އެވެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަަަަސައްކަތް ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910