މޯލްޑިވްސް ނޭޝަނަލް ޕާޓީ

އަނގޮޅިތީމު އަންހެނުންގެ ކޮމެޓީގެ މެޖޯރިޓީ އެމްއެންޕީއަށް

ރ. އަނގޮޅިތީމު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ހަތަރު މެންބަރުން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެ އެވެ.

އެންމެ ފަހުން އުފެއްދި އަދި މިވަގުތު އެންމެ ހަރަކާތްތެރިކޮށް ފެންނަ އެމްއެންޕީއަށް އަނގޮޅިތީމު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ހަތަރު މެންބަރުން ގުޅުމުން އެރަށު ކޮމެޓީގެ މެޖޯރިޓީ ވަނީ އެ ޕާޓީއަށް ލިބިފައެވެ. މިއީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއެއްގެ މެޖޯރިޓީ އެ ޕާޓީއަށް ލިބުނު ފުރަތަމަ ފަހަރެވެ.

"ސާބަހޭ އަނގޮޅިތީމު ރައްޔިތުން. ސާބަހޭ ދިވެހި ރައްޔިތުން. އެމްއެންޕީ އޮތީ ދިވެހި ރައްޔިތުންނާއެކު،"

އެމްއެންޕީ އުފެދުނީއްސުރެ އެ ޕާޓީގެ ހަރަކާތްތައް ފެންނަނީ ވަރަށް ފުޅާކޮށެވެ. މެންބަރުން އިތުރު ކުރުމާއި އިންތިހާބުތަކުގައި ވާދަކޮށް ކާމިޔާބުތައް ދަނީ ހޯދަމުންނެވެ. އެ ޕާޓީން ވަނީ 2023 ގެ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާކަން ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވަނީ ފާޅު ކުރައްވާފައެވެ.