އިމްރާން އަބްދުﷲ

ހާލަތާ އެއްގޮތަށް ސިޔާސީ މަސައްކަތް ކުރަންޖެހޭ: އިމްރާން

Aug 27, 2022
1

ހާލަތާ އެއްގޮތަށް ސިޔާސީ މަސައްކަތްތައް ބައްޓަން ކުރަންޖެހިފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެއްވި ތަފާތު ޓްވީޓެއްގައި މިހެން ވިދާޅުވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެ އެވެ. އަދި ޓްވީޓް އަމާޒުކުރެއްވީ ކޮން ބަޔަކަށް ކަމެއްވެސް ވިދާޅުވެފައެއް ނުވެ އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު މިއަދު މިއޮތީ 2000 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް އޮތް ގޮތަށް ނޫން ކަމަށެވެ. އެހެންކަމުން މިދިޔަ މުއްދަތުގައި ސިޔާސީ މަޝްރަހަށް އައިސްފައިވާ ބަދަލުތަކާ އެއްގޮތަށް އަދުގެ ސިޔާސީ މަސައްކަތުގެ ވައްޓަފާޅި ބަދަލުކުރަންޖެހެ އެވެ.

އަދާލަތު ޕާޓީން މިހާރު ވަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ފެށުމަށް ނިންމާފަ އެވެ. އެގޮތުން ޝައިހް އިމްރާން ހިމެނޭ ގޮތަށް ޕާޓީގެ އިސް ބޭފުޅުން އަތޮޅު ތެރޭގެ ރަށްތަކަށް ވަޑައިގެން މެންބަރުން ހޯދަން ނިންމާފައިވެ އެވެ.

އަދާލަތު ޕާޓީގެ އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން އެ ޕާޓީއަށް 25،000 މެންބަރުން ހަމަކުރުމެވެ.