ހޮލީވުޑް

ސިނަމާތަކުގެ މަގުބޫލުކަން ހިފަހައްޓަނީ ޓޮމް ކުރޫޒް

ޕެންޑެމިކްގެ ދުވަސް ވަރަށްފަހު މީހުންގެ ހިތުގައި ސިނަމާތަކަށް ޝައުގުވެރިކަން އުފައްދާ ކަމަށް ބުނެ ޖޭސަން މޯމޯއާ ޓޮމް ކްރޫޒަށް ޝުކުރު އަދާކޮށްފި އެވެ.

ޓޮމް ކްރޫޒްގެ އެންމެ ފަހުން ނިކުތް ފިލްމް "ޓޮޕް ގަން: މެވްރިކް" ވަނީ މިހާތަނަށް އެންމެ ގިނަ ފައިސާ ހޯދާ ފިލްމް ތަކުގެ ލިސްޓް ނޫނީ ބޮކްސް އޮފިސް ޗާޓުން އަރަމުން ގޮސް "އެވެންޖާސް އިންފިނިޓީ ވޯ" ކަނޓުވާލައި، ލިސްޓުން ހަވަނައިގައި ޖާގަ ހޯދާފަ އެވެ.

މި ފިލްމްގެ ފުރަތަމަ ބައި ނެރެފައިވަނީ 1986 ވަނަ އަހަރު އެވެ. މި ފިލްމުގައި ޓޮމް ކްރޫޒް އަދާކުރަނީ ނޭވީ ކެޕްޓަން ޕީޓް "މެވްރިކް" މިޗެލްގެ ރޯލެވެ.

ޖޭސަން މޯމޯއާގެ ކުރިއަށް އޮތް ފިލްމްތަކުން ފޭނުން އެންމެ އިންތިޒާރުކުރަމުންދާ "އަކުއާމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު އެވެ.