ރަޝިއާއަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ބާރުގަދަ ފިޔަވަޅުތަކުން ނުކުންނާނެ ކަމަށް އުންމީދުކުރި އެއްވެސް ކަމެއް ހާސިލުނުވާ ކަމަށް އިކޮނޮމިސްޓް މަޖައްލާ އިން ބުނެފި އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕް ގައުމުތަކުން، ރަޝިއާ އަށް ދަތިކުރަން އަޅާފައި ހުރި އިގުތިސޯދީ ފިޔަވަޅުތައް އަމާޒުން ކައްސާލައި އެނބުރި އެ މީހުންގެ ގައިގައި ހަފައިގެންފި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އުންމީދު ކުރެވުނު ގޮތަކީ އިގުތިސޯދީ ދަތިކުރުންތަކުން އެކަށީގެންވާ ނަތީޖާއެއް ނިކުތުން ކަމަށްވެސް ވަނީ ބުނެފަ އެވެ.
ފިއްތުންތަކަށް ކެތްނުކުރެވި ހަނގުރާމަ ހުއްޓާލައި ޔުކްރޭނުން ރަޝިއާ ސިފައިން ދާދި އަވަހަށް ފައިބާނެ ކަމަށް ހީކުރެވުނު ކަމަށްވެސް މަޖައްލާގައި ބުނެފައިވެ އެވެ.
ރަޝިއާގެ އިގުތިސޯދު މިހާރު އޮތީ ހަމަޖެހިލައި ކުރިއަށް މިސްރާބު ޖަހާފައި ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރަޝިއާގެ ތެޔޮ ގަތުން ހުޅަނގުން ހުއްޓާލި ނަމަވެސް، ރަޝިއާއަށް އާ ކަސްޓަމަރުން ލިބި ހަނގުރާމައިގެ ކުރިން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އެއްޗެއް އެ ގައުމަށް ވަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމުން ޔޫރަޕް ގައުމުތައް ތެލަށް ޖެހި ފިނި މޫސުން އަންނަން ވާއިރަށް ހަދާނެ ގޮތް ހުސްވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އިގުތިސޯދީ ގޮތުން ދަތިިކުރުމަކީ ބާރުގަދަ ހަތިޔާރެއް ކަމަށް އެމެރިކާ އާއި ޔޫރަޕުން ގަބޫލުކުރި ނަމަވެސް ރަޝިއާ ކުރިމަތީގައި ދަތިކުރުންތަކުން ނަތީޖާއެއް ނުނެރެވުނު ކަމަށް ވެސް އިކޮނޮމިސްޓްގައި ބުނެފައިވެ އެވެ.
އެމެރިކާ އާއި ޔޫރަޕްގެ ހީކުރުމާ ހިލާފަށް އިގުތިސޯދީ ދަތިކުރުން ތަކަކީ ހެދޭ ވަރަށް ބޮޑު ގޯހެއްކަން ފެންނަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.