ހޮލީވުޑް

"ނައިވްސް އައުޓް"ގެ ދެވަނަ ބައި ނިކުންނަނީ

ދެހާސްނަވާރަ ވަނަ އަހަރު ރިލީޒްކުރި "ނައިވްސް އައުޓް"ގެ ކާމިޔާބީއަށްފަހު އެ ފިލްމްގެ ދެވަނަ ބައި "ގްލާސް އަނިއަން: ނައިވްސް އައުޓް" އަންނަ މަހުގެ 10 ވަނަ ދުވަހު ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ދެއްކުމަށްފަހު، ނޮވެމްބަރުގައި އާންމުކޮށް ރިލީޒްކުރުމަށް ހަމަޖައްސައިފި އެވެ.

މި ފިލްމްގެ ލީޑް އެކްޓަރަކީ ޖޭމްސް ބޮންޑް ޑެނިއަލް ކްރޭގް އެވެ. އޭނާ މި ފިލްމްގައި އަދާކުރަނީ ޑިޓެކްޓިވް ބެނުވާ ބްލާންކްގެ ރޯލެވެ.

މީގެ އިތުރުން އެޑްވަޑް ނޯޓަން، ކޭޓް ހަޑްސަން، ކެތެރިން ހާން، މެޑެލިން ކްލައިން ފަދަ ތަރިންވެސް ފިލްމުގައި ހިމެނެ އެވެ.

މި ފިލްމްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވަނީ ގްރީސްގަ އެވެ. މި ފިލްމްގެ ވާހަކަ ގާތްކުރަނީ އަގާތާ ކްރިސްޓީގެ ހަކިއުލް ޕޮއިރޯގެ ފޮތްތަކާ އެވެ.

ޑެނިއަލް ކްރޭގް އެންމެ ފަހުން ފެނިގެން ދިޔައީ ޖޭމްސް ބޮންޑް ފްރެންޗައިޒްގެ "ނޯ ޓައިމް ޓު ޑައި" އިންނެވެ.