ހޮލީވުޑް

ނަސްލީތަފާތު ކުރުންތަކާ ގުޅިގެން ޖޯން "ސްޓާ ވޯޒް"އާ ދުރަށް

"ސްޓާ ވޯޒް"ގެ ފިންގެ ރޯލް އަދާކުރާ ޖޯން ބޮޔޭގާ، ފޭނުންގެ ނަސްލީ ތަފާތުކުރުމާ ގުޅިގެން "ސްޓާ ވޯޒް" ފްރެންޗައިޒާ ވަކިވާން ނިންމައިފި އެވެ.

ޖޯން މިހެން ބުނެފައިވަނީ އޭނާ ފިންގެ ރޯލް އަދާކުރިއިރު، އެ ރޯލަށް އޭނާ ކަހަލަ ކަޅު މީހަކު ބޭނުންކުރުމާ ގުޅިގެން އޭނާއާ ދިމާއަށް މީހުން އެއްޗެހި ކިޔުމުންވެސް އޭނާއަށް ޑިޒްނީގެ ފަރާތުން ލިބެންޖެހޭ މިންވަރަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާތީ އެވެ.

ޑިޒްނީ ޕްލަސްގެ ސީރިސް "އޯބީ ވަން ކަނޯބީ"ގެ ރޯލެއް އަދާކުރާ މޯޒަޒް އިންގްރާމް އަށްވެސް ކުރިމަތިވެފައިވާ ދަނޑިވަޅުގައި އެ ސީރީޒްގެ ތަރިންނާއި ޑިޒްނީ ވަނީ މޯޒަޒް ދިފާއުކޮށްފަ އެވެ.

ޖޯން ބުނި ގޮތުގައި މޯޒަޒްއަށް އެފަދަ ދަނޑިވަޅެއްގައި އެހީތެރިކަން ލިބުނީތީ އޭނާ އުފާ ކުރާ ކަމަށެވެ. އަދި ހަޔާތުގައި މަންޒިލަކަށް ދަތުރުކުރާއިރު ހުރަހެއް ކުރިމަތިވެއްޖެ ހާލަތުގައި، އެ ހުރަސް ކަޓުވާފައި ވަށައިގެން ކުރިއަށް ދާން ޖޯން ނަސޭހަތްތެރިވި އެވެ.

ކަޅު ނަސްލުގެ އެކްޓަރުންނަށް އިތުރު ސަޕޯޓް ބޭނުންވާނެ ކަމަށްވެސް ޖޯން ބުނެފައިވެ އެެވެ.