ހޮލީވުޑް

"ޝީ ހަލްކް" ސީރީޒްގެ ރީތިކަމާ މެދު ފޭނުންގެ ހިޔާލު ތަފާތު

މާވެލް ސިނެމެޓިކް ޔުނިވާސްގެ ތެރެއިން ރިލީޒްކުރި "ޝީ ހަލްކް"ގެ ރިވިއުއަށް ބަލާއިރު ޓްވިޓާގައި ފޭނުންގެ ހިޔާލު ތަފާތެވެ.

މިހާތަނަށް ދެ އެޕިސޯޑް ނިކުމެފައިވާ "ޝީ ހަލްކް"ގައި ލީޑް ކެރެކްޓަރު ޖެނިފާ އަކީ ލޯޔަރެކެވެ. އަދި ޖެނިފާ އަކީ ބްރޫސް ބެނެރަ (ހަލްކް)ގެ ދެބެންގެ ދެ ދަރި މީހެކެވެ.

މި ސީރީޒްގެ ދެވަނަ އެޕިސޯޑް ބެލި މީހުންގެ އެންމެ ބޮޑު ޝަކުވާ އަކީ މި އެޕިސޯޑް މާބޮޑަށް ކުރުވުމެވެ.

މި ސީރީޒްގައި ލީޑް ރޯލް އަދާކުރަނީ ޓަޓިއާނާ މަސްލާނީ އެވެ.