ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލްމްގިރްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.
އަލަމްގިރްގެ މައްޗަށް އުފުލާފައިވަނީ އެއްޖިންސުން ގުޅުން ހިންގުމުގެ ދައުވާ އެވެ. އެ ކުށުގެ ތިން ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައިވެއެވެ. ތިން ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އެއްކޮށެވެ. އެގޮތުން މާދަމާ ހަވީރު 4:00 ޖަހާއިރަށް ތިން އަޑުއެހުން ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.
އަޑު އެހުން ކުރިއަށް ގެންދާނީ ސިއްރުން ކަމަށްވެސް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.
މިހާތަނަަށް އާންމުވި ބައެއް ވީޑިއޯތަކުގައި އަލަމްގިރި ކަމަށް ބުނާ މީހާ ދިވެހީންގެ ދެ މީހަކާ ގުޅުން ހިންގާ މަންޒަރު ފެނެ އެވެ. އެކަކީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެކެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހަކާއެކު ގުޅުން ހިންގަނިކޮށް ވެސް ވީޑިއޯ އަކުން ފެނެ އެވެ. އެއީ 30 މިނެޓްގެ ދިގު ވީޑިއޯ އެކެވެ. ކާނަލް މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހަކާ އެކު ވެސް އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ ވީޑިއޯ ކްލިޕެއް އާންމުކޮށްފައިވެ އެވެ. ނަމަވެސް އެ ވީޑިއޯގައި ކާނަލް ގުޅުން ހިންގާ މަންޒަރެއް ނުފެނެ އެވެ.
މި ވީޑިއޯތައް ކޮށްފައިވަނީ އަލަމްގިރި ދިރިއުޅޭ ކޮޓަރިއަށް މީހުން ގެނައުމުގެ ކުރީން ކެމެރާ ވަކި ގޮތަކަށް ސެޓްކޮށްގެން ކަމަށް ބެލެވެ އެވެ.
އަލަމްގިރި ހައްޔަރުކުރުމުގެ ކުރީން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ. ވީޑިއޯތައް އާންމުވެ ދިވެހީންގެ ރުޅިފަޅައިގެން ދިއުމުން އަލަމްގިރި ވަނީ ވީޑިއޯއެއް އާންމުކޮށް ދިވެހީންގެ ކިބައިން މައާފަށް އެދިފަ އެވެ. އޭނާ ބުނީ އޭނާ އަކީ ވަރަަށް ފަގީރު މީހެއް ކަމަށާ ހެޔޮ ނުބައި ނޭނގޭ ކަމަށެވެ. އަދި ބުނީ އޭނާ އެދެނީ ދިވެހީންގެ މައާފު ލިބުމަށް ކަމަށެވެ.