ހޮލީވުޑް

ނެޓްފްލިކްސް އިން އެއް ސީޒަނަށްފަހު "ރެޒިޑެންޓް އީވަލް" ކެންސަލްކޮށްފި

"ރެޒިޑެންޓް އީވަލް" ވީޑިއޯ ގޭމަށް ކޮންމެވެސް ވަރަކަށް ބިނާކޮށްފައިވާ "ރެޒިޑެންޓް އީވަލް" ސީރީޒް އެންމެ ސީޒަނަކަށްފަހު ނެޓްފްލިކްސް އިން ކެންސަލްކޮށްފި އެވެ.

މި ޝޯ ނެޓްފްލިކްސްގައި ދައްކަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.

"ރެޒިޑެންޓް އީވަލް" ކެންސަލްކުރުމަށް ނިންމާފައިވަނީ އެ ޝޯއާ މެދު ބެލުންތެރިންގެ ޝައުގުވެރިކަން ދަށްކަމަށް ރޭޓިން ތަކުންނާއި ޓްރެންޑިން ލިސްޓުން ދެއްކުމުންނެވެ.

"ރެސިޑެންޓް އީވަލް" ސީރީޒްގައި ދައްކަނީ 2036 ގައި ޖޭޑް ވެސްކަ (އެލާ ބަލިންސްކާ) އިންފެކްޓްވެފައި ތިބި ޒޮމްބީ ކަހަލަ އެއްޗެހިތަކުން ސަލާމަތްވެ ދިރިހުންނަށް ކުރާ މަސައްކަތެވެ.

"ރެޒިޑެންޓް އީވަލް"ގެ ހަ ފިލްމްގެ ފްރެންޗައިޒެއް މީގެ ކުރިން ވަނީ ނެރެފަ އެވެ.

މިއްލާ ޔޮވޮވޮވިޗް ލީޑް ރޯލް ކުޅުނު މި ފިލްމްތައް ވަނީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބީ ހޯދާފަ އެވެ.