މޫސުން ގޯސްވެ 12 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ހދ އަތޮޅުން ފެށިގެން ފ އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށެވެ. އެލާޓް ނެރެފައިވަނީ މިރޭ މިރޭ 9:30 ގެ ނިޔަލަށެވެ.
މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުމުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.