ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)

ށ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށައިފި

Aug 30, 2022

އެމްޓީސީސީން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މިއަދު ށ. އަތޮޅުގައި ފަށައިފި އެވެ.

އާރްޓީއެލްގެ ށ. އަތޮޅު ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ދަތުރު ފެށީ މެންދުރުފަހު 2:00 ޖެހިއިރު އެވެ.

ޕްލޭނިން މިނިސްޓްރީން ބުނި ގޮތުގައި ށ. އަތޮޅުގައި ފެރީ ދަތުރުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ހަތް ރޫޓަކުންނެވެ.

ށ. އަތޮޅުގައި ރަސްމީކޮށް ދަތުރުތައް ފަށަނީ ހަފްތާއެއްހާ ދުވަހު ޓްރަޔަލް ދަތުރުތައް ކުރިއަށް ގެންދިއުމަށްފަހު އެވެ. ޓްރަޔަލް ދަތުރުތައް ކުރާނީ ހިލެ އެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް އެންމެ ފުރަތަމަ ފެށީ ހދ. އަތޮޅުގަ އެވެ. މިހާރު އެ ހިިދުމަތް ވަނީ ހއ. އަތޮޅުގައިވެސް ފަށާފަ އެވެ.

އާރްޓީއެލްގެ ހިދުމަތުގެ ތެރޭގައި ބަސް ދަތުރުގެ ހިދުމަތް ދިނުންވެސް ހިމެނެ އެވެ. އެގޮތުން މާލެ، ލ. އަތޮޅު، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާކުރުމަށް އެމްޓީސީސީން މިހާރު ވަނީ ބަސްތަކެއް ގެނެސް ހިދުމަތަށް ނެރެފަ އެވެ. އަދި މިސަރަހައްދުތަކުގައި މިނީ ބަހުގެ ހިިދުމަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.