ހޮލީވުޑް

"ވިއަޑް އަލް ޔެންކޮވިޗް"ގެ ޓްރެއިލަރ ނެރެފި

Aug 31, 2022

ހެރީ ޕޮޓާގެ ތަރި ޑެނިއަލް ރެޑްކްލިފްގެ "ވިއަޑް އަލް ޔެންކޮވިޗް ސްޓޯރީ"ގެ ޓްރެއިލާ ނެރެފި އެވެ.

މި ފިލްމަކީ އަލްފްރެޑް ޔެންކޮވިޗް ނޫނީ "ވިއަޑް އަލް ޔަންކޮވިޗް"ގެ ނަމުގައި މަޝްހޫރުވި މަޖާޒީ ލަވަކިޔުންތެރިގެ ހަޔާތަށް ބިނާކޮށްފައިވާ ސެޓައިރިކަލް ޕެރޮޑީ އެކެވެ.

މި ފިލްމްގައި އޯޑިއަންސް ހެއްވާލުމުގެ ގޮތުން ބައެއް ކަންތައްތައް ހަގީގަތާ ހިލާފަށް ވަނީ ބޮޑުކޮށްފަ އެވެ.

ވިއަޑް އަލް ޔަންކޮވިޗްގެ ހަޔާތުގައި ވަރަށް ގިނަ ލަވަ ތަކުގެ ޕެރޮޑީ ހަދާ، އޯޑިއަންސްގެ މަގްބޫލުކަން ވަނީ ހޯދާފަ އެވެ.

މީގެ ތެރޭގައި މައިކަލް ޖެކްސަންގެ "ހޫޒް ބޭޑް' އަށް "ހޫޒް ފެޓް"، ކޫލިއޯގެ "ގޭންސްޓާސް ޕެރެޑައިސް" އަށް "އާމިޝް ޕެރެޑައިސް" ފަދަ ލަވަ ހަދާފައިވެ އެވެ.

މި ފިލްމްގައި ޑެނިއަލް ރެޑްކްލިފްގެ އިތުރުން އާއި އެވަން ރޭޗަލް ވުޑް، ރައިން ވިލްސަން އަދި ޓޯބީ ހަސް ފަދަ ތަރިންވެސް މުހިއްމު ރޯލްތައް އަދާކުރެ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު ހަތަރު ވަނަ ދުވަހު އެވެ.