އެމްއެންޑީއެފް

ލަންދޫ ބޯޓު ގާފަރު ފަރަށް އަރައިފި

Aug 31, 2022

މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި އެވެ.

ކ. ގާފަރު ފަރަށް އަރާފައިވަނީ މުދާ އުފުލާ ބޯޓެއް ކަމުގައިވާ "ލަންދޫ ބޯޓު" އެވެ.

އެމްއެންޑީއެފް އިން ބުނީ ފަރަށް އެރި ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ގާފަރު ރައްޔިތުންގެ އިތުރުން އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެން އުޅަނދުތައްވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ސިފައިންނަށް މިހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:55 ހާއިރު އެވެ.

ލަންދޫ ބޯޓު އޮތް ސަރަހައްދަށް ސިފައިންގެ ކޯސްޓްގާޑު އުޅަނދު މިހާރު ދަނީ ދަތުރުކުރަމުންނެވެ.

ބޯޓު ފަރަށް އެރި ވަގުތު ގިނަ ބަޔަކު އުޅަނދުގައި ތިބި ކަމަށާއި އެންމެންވެސް ގާފަރަށް ގެންގޮސްފައިވާ ކަމަށް ސިފައިންގެ މައުލޫމާތު ދީފައިވެ އެވެ. އެންމެންގެ ހާލު ވެސް އާންމުކޮށް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.