- ރާއްޖެ އިޝްތިހާރު ކުރަން ގިނަ ހަރަކާތްތަކެއް ހިންގާނެ
- އައިޓީބީ ފެއާގެ މެއިން ސްޕޮންސާއަކީ މިއަހަރު ރާއްޖެ
- ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖެއަށް އައީ 1.11 މިލިއަން ޓޫރިސްޓުން
މި އަހަރުގެ އަމާޒަކީ ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެންނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ، ބޭރުގެ ބައެއް ނޫސްތަކުގައިވާ ގޮތުން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް ރާއްޖޭން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ދަށުން ރާއްޖެ އިޝްތިހާރު ކުރުމަށް ދަނީ ގިނަ ކެމްޕޭންތަކެއް ހިންގާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި ދިޔަ އަހަރުގެ ފުރަތަމަ 11 މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1.11 މިލިއަން ޓޫރިސްޓުނެވެ. އެހެންކަމުން ރާއްޖޭގެ އަމާޒަށް ވާސިލްވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ.
މި މަސައްކަތްތަކުގެ ދަށުން މިއަހަރު ފުރަތަމަ ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމާއި މި އަހަރު ޖަރުމަނުގެ ބާލިންގައި ބާއްވާ އައިޓީބީ ފެއާގައި ވެސް ހަރަކާތްތަކެއް ހިންގާނެ އެވެ. މި އަހަރުގެ އައިޓީބީ ފެއާގެ ހޮސްޓް ކަންޓްރީއަކީ ރާއްޖެ އެވެ.