ގދ. ތިނަދޫ

ތިނަދޫޫ އަންހެނަކު ގެއްލިގެން ހޯދަނީ

Aug 31, 2022
1

ގދ. ތިނަދޫ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އެ ރަށު ކަސްޓަޑްގެއާގެ، ހައްވާފާނު (ހައްވަހަންތަ) އެވެ. އެއީ އުމުރުން 80 އަހަރުގެ އަންހެނެކެވެ.

ހައްވަހަންތަ އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު 3:45 އެހާކަން ހާއިރު ކަމަށް ވެއެވެ. އޭގެ ފަހުން އެއްވެސް ހަބަރެއް ނުވެގެން އާއިލާއިން ވަނީ އެކަން ތިނަދޫ ޕޮލިސް ސްޓޭޝަނަށް އަންގާފައެވެ.

ހައްވަހަންތަގެ އާއިލާއިން ވަނީ އޭނާ ހޯދުމުގެ މަަސައްކަތުގައި ތިނަދޫގެ ރައްޔިތުން ބައިވެރިވެ ދޭން އެދިފައެވެ.