ގދ. ތިނަދޫ

ތިނަދޫ ފްލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލަނީ

ގދ. ތިނަދޫގައި ސަރުކާރުން އަޅާފައިވާ 200 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ތިނަދޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނީ ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އިމާރާތްކޮށްފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ލިބޭނެ ކަމަށެވެ.

މި ފްލެޓުތަކަކީ އެ ރަށުގެ ރައްޔިތުންނާއި އެ ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ހައްސަކޮށްގެން އަޅާފައިވާ ފްލެޓްތަކެއް ކަމަށް ކައުންސިލުން ބުނެ އެވެ.

ފްލެޓަށް ކުރިމަތިލާން ބޭނުންވާނަމަ ޕޯޓަލް މެދުވެރިކޯށް ކަމާ ގުޅޭ ފޯމް ހުށަހެޅޭނެ ކަމަށްވެސް އިއުލާނުގައިވެ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައިވާ ތިނަދޫގައި މި މަޝްރޫއު ފަށާފައިވަނީ 2022 ވަނަ އަހަރު އެވެ. އަދި މި މަޝްރޫއަށް 253 މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ.