ހޮލީވުޑް

ޝަލްބީ ޑީން އުމުރުން 32 އަހަރުގައި ނިޔާވެއްޖެ

"ޓްރައޭންގަލް އޮފް ސޭޑްނަސް"ގެ ތަރި ޝަރލްބީ ޑީން މަރުވެއްޖެ އެވެ.

ނިޔާވިއިރު އޭނާގެ އުމުރަކީ 32 އަހަރެވެ.

ޝަލްބީ މަރުވެފައިވަނީ ކުއްލިއަކަށް ބަލިވެ، ފުއްޕާމޭގައި އުފެދުނު ވައިރަލް އިންފެކްޝަނަކާ ގުޅިގެން ކަމަށް ހޮސްޕިޓަލުން އޭނާގެ އާއިލާ އަށް އަންގާފައިވެ އެވެ.

އާއިލާއިން މިހާރު ދަނީ ޝަލްބީގެ އޮޓޮޕްސީ ރިޕޯޓަށް އިންތިޒާރުކުރަމުންނެވެ.

އުމުރުން ހަ އަހަރުގައި މޮޑެލްކުރަން ފެށި ޝަލްބީ އެންމެ ފަހުން ކުޅުނު ފިލްމް "ޓްރައޭންގަލް އޮފް ސޭޑްނަސް" ވަނީ ކާން ފިލްމް ފެސްޓިވަލްގެ އެންމެ މަތީ އެވޯޑް ކަމުގައިވާ ޕާމް ޑޯ އެވޯޑާއި ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށްފަ އެވެ.

މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހު އެވެ.