ހޮލީވުޑް

ބެން ކިންގްސްލީ ޓްރެވަ ސްލެޓެރީގެ ރޯލްގައި މާވެލްގެ "ވޮންޑަމޭން" ފިލްމަށް

މާވެލްގެ "އަޔަން މޭން 3" އާއި "ޝެން ޗީ އެން ދަ ލެޖެންޑް އޮފް ޓެން ރިންގްސް" އިން ޓްރެވަ ސްލެޓަރީގެ ރޯލުން ފެނިގެންދިޔަ ބެން ކިންގްސްލީ، "ވޮންޑަމޭން" ސީރީޒް އިން އެ ކެރެކްޓާގައި ފެނިގެންދާނެއެވެ.

"ވޮންޑަމޭން" ސީރީޒް ބިނާކޮށްފައިވަނީ ސައިމަން ވިލިއަމްސް (ވޮންޑަމޭން)ގެ މައްޗަށެވެ.

ޓޯނީ ސްޓަކްގެ ސްޓަކް އިންޑަސްޓްރީޒްގެ ކާމިޔާބީތަކާ ގުޅިގެން ސައިމަންގެ ކުންފުންޏަށް ގެއްލުން ލިބުމުން، ވިލަން ބެރަން ޒެމޯއާ ގުޅިގެން ސުޕަ ސްޓްރެންތް އަދި ޑިއުރަބިލިޓީ ފަދަ ސުޕަޕަވާސް ހޯދަ އެވެ. ނަމަވެސް އެވެންޖަސްއާ އެތައް ފަހަރަކު ކުރިމަތިލުމަށްފަހު، ވޮންޑަމޭން އެވެންޖަ އަކަށްވެ އެވެ.

ބެން ކިންގްސްލީގެ ކެރެކްޓާ ޓެވަ ސްލެޓަރީ އަކީ ނާކާމިޔާބުވި އެކްޓަރެކެވެ. އެ ކެރެކްޓާ ފެނިފައިވަނީ "ޝެން ޗީ އެން ދަ ލެޖެންޑް އޮފް ޓެން ރިންގްސް" އިންނެވެ.

ބެން ކިންގްސްލީ އަކީ "ގާންދީ" ފިލްމްގައި މަހާތްމާ ގާންދީގެ ރޯލް ކުޅެ، އޮސްކާ އެވޯޑް ހާސިލްކޮށްފައިވާ ޒަމާންވި އެކްޓަރެކެވެ. މީގެ އިތުރުން އޭނާ ވަނީ ގިނަ ފިލްމްތަކަކުން އެކި އެވޯޑް ހާސިލްކޮށްފަ އެވެ.