އަންހެނުން

މާބަނޑު އަންހެނުން ފަޅޯ ކެއުން ރަނގަޅުތަ؟

މާބަނޑު ދުވަސްވަރު ރަނގަޅު ޑައެޓެއް ގެންގުޅުމަކީ މައިމީހާއަށާއި ދަރިފުޅަށް ވަރަށް މުހިއްމު ކަމެކެވެ.

މާބަނޑުއިރު އަންހެނުން ފައިދާ ހުރި މޭވާ އާއި ތަރުކަރާރީ އާއި މަސް ކެއުމުގައި ވިސްނާލަންޖެހޭ ވަރަށް މުހިއްމު ކަންތައްތައް ހުރެ އެވެ.

އެގޮތުން ގިނަ ފައިދާތަކެއް އެކުލެވިގެންވާ ފަޅޯ އެއްވެސް ގޮތެއްގައި (ޅަކޮށް، ކައްކައިގެން، ފާކޮށް) ކެއުމަކީ މާބަނޑު އަންހެނުންނަށް ނުރައްކަލެއް ކަމަށް މީހުން ބުނެ އެވެ. މީގެ ސަބަބަކީ ކޮބާ ހެއްޔެވެ؟

މިލާން ފާޓިލިޓީ އެންޑް ބާތިން ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އޮބްސްޓެޓްރީޝަން އަދި ގައިނަކޮލޮޖިސްޓް ޑރ. ބީ ގައުތަމީ ވިދާޅުވާ ގޮތުގައި އެހެން މޭވާ ތަކެކޭ އެއްގޮތަށް ފަޅޯ އަކީވެސް ގިނަ ފައިދާތަކެއް ލިބޭ މޭވާ އެކެވެ. ނަމަވެސް އެއީ މާބަނޑު މީހުން އާންމުކޮށް ބޭނުންކުރަން އެހާ ރައްކާތެރި މޭވާއެއް ނޫނެވެ.

"ރޯ، ޅަ ފަޅޯގައި ލޭޓެކްސް އަދި ޕެޕިން އެކުލެވިގެންވޭ، މި ކެމިކަލް މާއްދާއަކީ ޕްރޮސްޓަގްލޭންޑިންސް އަދި އޮކްސިޓޮކްސިން ފަދަ ކޮމްޕައުންޑްތަކާ އެއްފާޑު ކެމިކަލްއެއް. އެހެންވެ އެކެއުމުގެ ސަބަބުން މިސްކެރިޖް، ދުވަސް ނުފުރާ ވިހެއުން އަދި ޕްރޮމް (ޕްރީ-ލޭބަ ރަޕްޗަ އޮފް މެމްބްރޭންސް) ކުރިމަތިވެދާނެ. އެހެންވެ، މާބަނޑު ދުވަސްވަރު ފަޅޯ ކެއުމާ ދުރުވުން ރަނގަޅު." ޑރ ގައުތަމީ ވިދާޅުވި އެވެ.

ލޭޓެކްސްގެ ސަބަބުން ނޭފަތުން ފެން ފޭބުމާއި އަނގަ ކައިރި ދުޅަވެ، ހަންގަނޑުގައި ރޭޝް (ރަތްފިއްގަނޑުތަކެއް) ނެގުން ފަދަ އެލާޖީގެ އަލާމާތްތައް އިހްސާސް ކުރެވެ އެވެ. އަދި ބައެއް ހާލަތްތަކުގައި ނޭވާލުމަށްވެސް ދަތިވެ އެވެ.

މީގެ އިތުރުން ފަޅޯ ކެއުމުން ފާހަނަކުރުން އިތުރުވެ، މާބަނޑު އަންހެނުންގެ ރަހިމަށް ބާރުކުރެ އެވެ. މިއީވެސް މިސްކެރިޖްވެދާނެ ސަބަބެކެވެ.

ފަޅޯ ކާން ބޭނުންވާނަމަ ފުރަތަމަ ތިން މަހަށްފަހު ފާވެފައިވާ ފަޅޯ ކެވިދާނެ ކަމަށް ނިއުޓްރިޝަނިސްޓް ޑރ. އަރްޗަނާ ބަތްރާ ވިދާޅުވި އެވެ.