ހިޔާ މަޝްރޫއު

ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން މީހަކު ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފި

ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން މީހަކު ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން މީހަކު ވެއްޓެން އުޅެނިކޮށް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އެއީ އަންހެނެއް ކަަމަށްވެސް ބުންޏެވެ.

ނަމަވެސް އެ ހާދިސާއާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ނުދެއެވެ. ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. މިއީ ހިޔާގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

މި ހާދިސާއާ ގުޅޭގޮތުން ފުރަތަމަ ފުލުހުން ބުނީ ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ވެއްޓެން އުޅެނިކޮށް ސަލާމަތްކޮށްފައިވަނީ ކުޑަ އަންހެން ކުއްޖެއް ކަމަަށެވެ.