ހޮލީވުޑް

ރަސަލް ކްރޯ އަލްޒައިމަސް ޖެހިފައިވާ ޑިޓެކްޓިވްއެއްގެ ރޯލް އަދާކުރަނީ

ތަފާތު ރޯލްތައް ކުޅޭ އެކްޓަރު ރަސްލް ކްރޯ، ކްރައިމް ތްރިލަ "ސްލީޕިން ޑޯގްސް" ގައި އަލްޒައިމަސް ޖެހިފައިވާ ޑިޓެކްޓިވްއެއްގެ ރޯލް އަދާ ކުރަނީ އެވެ.

އީއޯ ކިރޮވީޗީގެ ކާމިޔާބު ފޮތް "ބުކް އޮފް މިރަޒް" އަށް ބިނާކޮށްފައިވާ "ސްލީޕިން ޑޯގްސް" ގައި ރޯއީ ފްރީމަން (ރަސަލް ކްރޯ) އަލްޒައިމަސް ބައްޔަށް އާ ވަތައްރެއްގެ ފަރުވާއެއް ހޯދަމުންދެ އެވެ.

ދިހަ އަހަރު ކުރިން ރޯއީ ހައްޔަރުކުރި މަރުގެ އަދަބަށް ހުކުމްކޮށްފައި ހުރި މީހަކު އޭނާ އަކީ ކުށެއްނެތް މީހެކޭ ބުނުމުން، ރޯއީގެ ކުރީގެ ޕާޓްނަރުގެ އެހީގައި ކުރީގެ ކަންތައްތައް ހަދާންކުރުމަށް މަސައްކަތް ކުރެ އެވެ.

މި ފިލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.

ރަސަލް މިހާރު މަސައްކަތް ކުރަމުންދަނީ "ޕޯކަފޭސް"ގެ ޕޯސްޓް-ޕްރޮޑަކްޝަންގަ އެވެ.

ރަސަލް ވަނީ "ގްލޭޑިއޭޓަ" އިން އޮސްކާ އެވޯޑް ހޯދާފަ އެވެ. "އަ ބިއުޓިފުލް މަންޑް" އަކީ ވެސް މޮޅު ފިލްމެކެވެ.