ރައީސް އަބްދުﷲ ޔާމީން

ރައީސް އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ބައްދަލު ކުރައްވައިފި

Jan 11, 2016
ރައީސް ޔާމީން މިއަދު އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ބައްދަލު ކުރައްވާ ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ފޮރިން ސެކްރެޓަރީ ސުބްރަމޭނިއަމް ޖައިޝަންކަރް އާއި ރައީސް އަބްދުﷲ ޔާމީން ބައްދަލު ކުރައްވައިފި އެވެ. ރައީސް ޔާމީން، ފޮރިން ސެކްރެޓަރީއާ ބައްދަލު ކުރެއްވީ ރައީސް އޮފީހުގައި މިއަދު މެންދުރު ފަހު އެވެ. އެ ބައްދަލުވުމުގެ ތަފުސީލް ރައީސް އޮފީހުން އަދި އާންމުކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ މިއަދު ރާއްޖެ ވަޑައިގެންނެވުމުން އެ މަނިކުފާނަށް ރާއްޖޭގެ އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރެވެ.

ޖައިޝެންކަރު ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ރާއްޖެއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެހެން ނަމަވެސް އެފަހަރު ބައްދަލު ކުރެއްވީ، އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާ އެވެ. އިންޑިއާ އިން ބުނެފައިވާ ގޮތުގައި ޖައިޝެންކަރު ރާއްޖެ ވަޑައިގަންނަވަނީ ރައީސް ޔާމީންއާ ބައްދަލު ކުރެއްވުމަށެވެ. ދަތުރު ނިންމާލައްވާނީ އަންގާރަ ދުވަހު އެވެ. ހަބަރުތައް ބުނާ ގޮތުގައި ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރު ނިންމާލުމަށްފަހު ލަންކާ އަށްވެސް ދަތުރުފުޅެއް ކުރައްވާނެ އެވެ.

ޖައިޝަންކަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާ އިރު، އިންޑިއާ އިން ރާއްޖެއަށް ހަމަޖެއްސި އާ ސަފީރު ވަނީ މިދިޔަ ހަފްތާ ރާއްޖެ ވަޑައިގެން މަސައްކަތްޕުޅު ފައްޓަވައިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910