ހޮލީވުޑް

ޖުރޭސިކް ވޯލްޑް ޑޮމިނިއަން: އެނގެންޖެހޭ ހަތަރު ކަމެއް

"ޖުރޭސިކް ވޯލްޑް ޑޮމިނިއަން" މިދިޔަ މަހު ރިލީޒްކުރިފަހުން އެ ފިލްމު ވަރަށް ބޮޑަށް ބޮކްސް އޮފީހުގައި ވައިގައި ހިފައި 900 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

ކޮލިން ޓްރެވެރޯ ޑައިރެކްޓްކުރި މި ފިލްމް ބެލުމުގެ ކުރިން ބެލުންތެރިންނަށް އެނގެންޖެހޭ މުހިއްމު ހަތަރު ކަމެއްވެ އެވެ.

1
 

1. ޖުރޭސިކް ފެރެންޗައިޒްގެ އެންމެ ދިގު ފިލްމް

ޖުރޭސިކް ފްރެންޗައިޒްގެ އެންމެ ފަހު ފިލްމް، "ޖުރޭސިކް ވޯލްޑް ޑޮމިނިއަން"ގެ ދިގުމިނަކީ ދެ ގަޑިއިރާއި 27 މިނެޓެވެ. މީގެ ކުރީގެ ފިލްމްތަކުގެ ދިގުމިނަކީ ދެ ގަޑި އިރާއި ހަތަރު މިނެޓް ނޫނީ ހަތް މިނެޓެވެ.

2
 

2. ޕްރޮލޯގް ބެލުން މުހިއްމު

ފިލްމް ފެށޭއިރު އަންނަ ޕްރޮލޯގް ބެލުން ވަރަށް މުހިއްމެވެ. އޭގައި ފެނިގެންދާނީ މީގެ 65 މިލިއަން އަހަރު ކުރިން ޑައިނަސޯތައް ދުނިޔޭގައި ރަސްކަން ކުރި ތަނެވެ. އަދި ކްރިޓޭޝިއަސް ދުވަސްވަރާ ބެހޭ ފަސް މިނެޓުގެ ކްލިޕުން މި ފްރެންޗައިޒްގެ 1993 ގައި ނިކުތް ފުރަތަމަ ފިލްމް "ޖުރޭސިކް ޕާކް" އިން އުފެދުނު ގިނަ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ އެވެ.

3
 

3. "ޖުރޭސިކް ޕާކް"ގެ އޮރިޖިނަލް އެކްޓަރުން ފެނުން

މި ފިލްމްގައި ކްރިސް ޕްރެޓް އަދި ބްރީސް ޑެލަސް ހަވޯޑްގެ އިތުރުން "ޖުރޭސިކް ޕާކް" ފުރަތަމަ ދެ ފިލްމްގެ ކެރެކްޓާސްތައް، ޑރ. އެލަން ގްރޭންޓް (ސޭމް ނީލް)، ޑރ. އެލީ ސެޓްލާ (ލޯރާ ޑަން) އަދި ޑރ. އިޔާން މެލްކަމް (ޖެފް ގޯލްޑްބްލޫމް) ގުޅުވައިދޭނެ އެވެ.

4
 

4. ގިނަ ލޮކޭޝަންތަކެއްގައި ޝޫޓް ކުރުން

މިފިލްމް ޝޫޓްކޮށްފައިވަނީ ޔުނައިޓެޑް ކިންގްޑަމް، ބްރިޓިޝް ކޮލަމްބިއާ އަދި މޯލްޓާ ގައެވެ. އެހެންވެ ބެލުންތެރިންނަށް އެކި ކަހަލަ މަންޒަރުތައް ފެނިގެންދާނެ އެވެ.

"ޖުރޭސިކް ވޯލްޑް ޑޮމިނިއަން" - ޓްރެއިލާ