އެމްޓީސީސީ

ރަތަފަންދޫ ގޮނޑުދޮށުގެ މަސައްކަތް ފަށައިފި

Sep 4, 2022

ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފައި ވަނީ އިއްޔެ އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ބެޑް ޕްރިޕަރޭޝަން މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެ އެވެ. އަދި 6،600 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އަޅާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 27.8 މިލިއަން ރުފިޔާ އެވެ.