އެމްޓީސީސީ

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުން އެމްޓީީސީސީއަށް

ގިރަމުންދާ ގދ. ރަތަފަންދު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ރަށްގިރުމުގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްތަކަކަށް ކުރމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އެހެންކަމުން ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ދަނީ އެކި އެކި މަސައްކަތްތައް ކުރެވެމުންނެވެ.

މިމަޝްރޫއުގެ ދަށުން ރަތަފަންދޫގެ އިރުދެކުނާއި ދެކުނު ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކަައި 461 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓާއި 240 މީޓަރުގެ ބޮޑުހިލައިގެ ބްރޭކް ވޯޓާ ގާއިމް ކުރާނެ އެވެ.

މިމަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވަނީ 27.9 މިލިއަން ރުފިޔާ އަށެވެ.

އެމްޓީސީސީން މިމަޝްރޫއުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ނިންމާ ސަރުކާރާ ހަވާލުކުރަންޖެހެ އެވެ.