މަންތާ އެއާ

މަންޓާ އެއާ ހޯރަފުށްޓަށް ދަތުރުތައް ފަށައިފި

Sep 6, 2022
4

މަންޓާ އެއާގެ ދަތުރުތައް ހއ. ހޯރަފުށި އެއާޕޯޓަށް ފަށައިފި އެވެ.

މަންޓާ އެއާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހޯރަފުށްޓާ ދެމެދު އާދިއްތަ ދުވަހު ދަތުރުތައް ފެށީ އެރަށާ މާދުރު ނޫން ހިސާބެއްގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓާ އަދި ހޯރަފުށި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސްއާ އެކު ސޮއި ކުރެވުނު އެއްބަސްވުމެއްގެ ތެރެއިންނެވެ.

މަންޓާ އެއާގެ ދަތުރުތައް ކޮންމެ ދުވަހަކުވެސް ހޯރަފުށްޓަށް ކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މިދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ ބީޗް ކްރާފްޓް 1900ޑީ މަރުކާގެ ބޯޓުތަކެވެ.

މަންޓާ އެއާގެ ދަތުރުތައް ހޯރަފުށްޓަށް ފެށުމާ ގުޅިގެން އެ ސަރަހައްދުގައި ހުރި ރިސޯޓްތަކަށް ފަތުރުވެރިން ގެންދިއުމަށް ފަސޭހަވެ އާންމު ރައްޔިތުންނަށްވެސް އިތުރު ލުއިތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް މަންޓާ އެއާ އިން ބުނެ އެވެ.

މަންޓާ އެއާ އިން މިހާރު ދަތުރުތައް ކުރަމުންދަނީ ބ. ދަރަވަންދޫއާއި، ދ. ކުޑަހުވަދޫގެ އިތުރުން އައްޑޫ ސިޓީގެ ގަމަށެވެ.