ވައްކަން

ރަނުގެ ގަހަނާ އާއި ފައިސާތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Jan 11, 2016

ގއ. ދާންދޫގައި ގެއަކުން ވަގަށް ނެގި ރަނުގެ ގަހަނާތަކަކާއި ގިނަ އަދަދެއްގެ ފައިސާ ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިއަ ހުކުރު ދުވަހު ދާންދޫ ގެއަކުން ރަން ގަހަނާތަކަކާއި އެހެން ބައެއް ސާމާނުތަކެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ބުނެ މައްސަލަ ހުށަހެޅުމުން ތުހުމަތުވި މީހާ އެރޭ ހައްޔަރުކޮށް ފާސް ކުރި އިރު އެ ތަކެތި އޭނާގެ އަތުން ފެނުނު ކަމަށާއި އޭގެ ތެރޭގައި 15،000ރ. އާއި ރަން ގަހަނާތައް ހުރި އިރު އެގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ޕާސްޕޯޓަކާއި ބައެއް ލިޔެކިޔުންތަކާއި ބޭންކު ކާޑުތައް ފަޅު ގެއެއްގެ ތެރެއަށް އުކާލާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.