ހަބަރު

ރަން ހާރަކާ ދެ އަނގޮޓި ވަގަށް ނެގި އަންހެނަކު ހައްޔަރުކޮށްފި

Nov 7, 2015

ރަނުގެ ގަހަނަނާތަކެއް ވަގަށް ނެގި އަންހެނަކު ގދ. ދާންދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުމީ އުމުރުން 35 އަހަރުގެ އެ އަންހެންމީހާ ވަގަށް ނެގި ގަހަނާތަކުގެ ތެރެއިން ރަނުގެ ހާރަކާ އަނގޮޓިއެއް ފުލުހުން ހޯދާފައިވާއިރު ރަން ފައުނަކާ ރަން އަނގޮޓިއަކާ ޗެކްފޮތެއް އަދިވެސް ނުފެނިވާ ކަމަށެވެ.

މި އަންހެން މީހާއަކީ ކުރިންވެސް އެކި ފަހަރުމަތިން ގޯތި ގެދޮރުން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަދި މަސްތުވާތަކެތި ގެންގުޅުމާ ބަދުއަހުލާގީ ޢަމަލު ހިންގުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
\
އޭނާ މިހާރު ހުރީ 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހާފައެވެ.