މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ

Sep 7, 2022
2

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސައުދުﷲ އަހްމަދު އައްުޔަންކޮށްފި އެވެ.

ސައުދުﷲ އެންމެ ފަހުން ހުންނެވީ ރީޖަނަލް އެއާޕޯޓްސްގެ ރީޖަނަލް ޑައިރެކްޓަރުގެ މަގާމުގަ އެވެ.

ސައުދުﷲ މިދިޔަ ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ކަމަށް އެނގިފައިވެ އެވެ.

މިސަރުކާރުގައި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑު އެކުލަވާލިއިރު ސައުދުﷲ އައްޔަންކުރެއްވީ ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓަން އޭރު އުފައްދާފައި އޮތް ކުންފުނި -- ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ޗެއާމަންގެ މަގާމަށެވެ.

ޖީއެމްއައިޒެޑްއެލްގެ ޗެއާމަން ކަމުގެ މަގާމުން ސައުދުﷲ އިސްތިއުފާ ދެއްވީ އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ މިހާރުގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެއްވުމަށްފަހު އެވެ.

ސައުދުﷲއާ އެކު ޓްރާންސްޕޯޓް މިނިސްޓްރީގައި ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ ސައުދުﷲގެ އިތުރުން ހަމަދު އަބްދުލް ޣަނީ އާއި ހިދާޔާ ނަސީރާއި އަދި ޝިމާޒް އަލީ އެވެ.