ދުނިޔެ

ރަޝިއާ އެކަހެރި ކުރާކަށް ލާހިކެއް ނޫން: ޕޫޓިން

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އީސްޓާން އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަނީ
0%
0%
0%

ދުނިޔޭގެ ސަފުތަކުން ރަޝިއާ އެކަހެރި ކުރަން ބަޔަކު ކިތަން ބޮޑަށް ބޭނުންވި ނަމަވެސް އެކަން އެގޮތަށް ކުރަން ލާހިކު ނޫން ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

"އީސްޓާން އިކޮނޮމިކް ފޯރަމް" ގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވި ގޮތުގައި ދުނިޔޭގެ މާލީ ނިޒާމުން ރަޝިއާ ބޭރުކޮށް އަދި އެކަމުން މަންފާއެއް ހޯދަން ވިސްނާ ނަމަ އެ ބަޔަކު އެކުރަނީ މޮޔަ ކަމެކެވެ.

ހުޅަނގުން ރަޝިއާގެ ތެޔޮ ނުގަތް ނަމަވެސް ގަންނާނެ ގައުމުތައް އެބަހުރި ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭޝިއާ އާއި މެދުއިރުމަތި އެފްރިކާ އަދި ޗައިނާ އޮތީ ހިތަކަށް ލިބިވަޑައިގެންފައި ކަމަށްވެސް ވިދާޅުވި އެވެ.

ރަޝިއާގެ ތޮޔޮ ގަތުން ހުއްޓާލައި ތެލަށް ވަކި އަގެއް ކަނޑައަޅާ އެއްވެސް ގައުމަކަށް ހަކަތަ -- ތެލާއި ގޭސް ނުވިއްކާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ދުނިޔޭގައި މިހާރު ފެތުރެނީ ކޮރޯނާވައިރަހެއް ނޫނެވެ. ހުޅަނގުން ރަޝިއާއަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކުގައި ތާށިވެ ޗިސްނުވާ ގައުމެއް ނެތް ކަަމަށް ވެސް ވިދާޅުވި އެވެ.

ހުޅަނގުގެ ގައުމުތަކުން ކޮރޯނާވައިރަސް ރަނގަޅުވެގަތް ދަނޑިވަޅުގައި އެ މީހުންގެ ލޮލަށް ހެރިފައި ހުރި ތަން ފެންނަނީ އެ މީހުން އަމިއްލައަށް ފޭހުނު އިލޮށިގަނޑު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ދުނިޔޭގެ ބޮޑެތި ބާރުތައް ރަޝިއާއާ ދެކޮޅަށް ނުކުތުމުން ގުޑުން އަރާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. އެހެން ނަމަވެސް، ރަޝިއާ ހުއްޓުވާލަައި އިނދަޖައްސާލަން ލާހިކު ނޫން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ގަންނަ މީހުން އަގު ކަނޑައެޅުމަށް ވުރެ މޮޔަކަމެއް ބައިނަލްއަގުވާމީ މާކެޓުގައި ނުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރަޝިއާއަށް ގެއްލުންވާ ގޮތަށް އެކަކަށް އެކައްޗެއް ވެސް ނުވިއްކާނެ ކަމަށެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އީސްޓާން އިކޮނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަނީ

"ތެލެއް، ގޭހެއް، ބޯޓުދެއްޔެއް އަދި އެކައްޗެއް ވެސް ނުލިބޭނެ" ޕޫޓިން ވިދާޅުވި އެވެ.

ހުޅަނގަށް ހަލަތަ ލިބެން އޮތް އެންމެ ފަސޭހަ ގޮތަކީ ރަޝިއާ އެވެ. އެހެންނަމަވެސް އެ މީހުން އަމިއްލައަށް ރަޝިއާއަށް ދަތިކުރަން ހަދައިގެން ވަނީ ރަޝިއާގެ ތެޔޮ ގަނެވޭ ގޮތް ނުވެފަ އެވެ.

ރަޝިއާގެ ތެޔޮ ގަތުން ހުޅަނގުން އަމިއްލަށް މަނާވެގަތީ ތެޔޮ ވިއްކައިގެން ލިބޭ ފައިސާއިން ޔުކްރޭން ހަނގުރާމައަށް ހަތިޔާރު ހޯދާނެ ކަމަށް ބުނެ އެވެ. އަދި ހުޅަނގުން ހަކަތަ ގަންނަނަމަ އިގުތިސޯދީ ގޮތުން ރަޝިއާ ބަލިނުކުރެވޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ހުޅަނގުން މިހާރު ވިސްނާ ގޮތަކީ ރަޝިއާގެ ތެޔޮ ވަކި އަގެއްގައި ވިއްކުމަށް ރަޝިއާއަށް މަޖުބޫރުކުރުމެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ތެލުގެ މައްޗަށް އެއްވެސް ބާރެއް ނެތް ބަޔަކު ގޮތްފޮތް ކިޔައި އަގު ކަނޑައަޅަން އެ އުޅެނީ އެއްވެސް އުންމީދެއް އޮތް ބައެއް ނޫން ކަމަށެވެ.

"އެ މީހުންގެ ހިއްސުތައް ރަނގަޅުތޯ ވެސް ބަލަން އެބަ ޖެހޭ" ޕޫޓިން ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345