ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށީގައި ދަމަނަވެށި އަޅަން ބަޔަކާ ހަވާލުކޮށްފި

Sep 8, 2022

ހދ. ކުޅުދުއްފުށީގައި ދަމަނަވެށި އިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މިމަޝްރޫއު ހަވާލުކުރީ ނޯތް ކޯސްޓު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފަ އެވެ.

މަސައްކަތް ހަވާލުކުރީ 26.7 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތް ނިންމުމަށް ދީފައިވަނީ 420 ދުވަހެވެ.

ދަމަނަވެއްޓަކީ ފުރާވަރު ކުދިންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތް ދިނުމާއި ދުންފަތުން ދުރުހެލިވާން އެދޭ ފަރާތް ތަކަށް އެ ހިދުމަތް ދިނުން ފަދަ ސިއްހަތާ ގުޅުންހުރި ހިދުމަތް ތަކެއް ފޯރުކޮށްދޭ އިދާރާ އެކެވެ.

މާލޭގެ އިތުރުން ދަމަނަވެށި މިވަގުތު ގާއިމުކޮށްފައިވަނީ އައްޑޫ ސިޓީގަ އެވެ.