ޓޫރިޒަމް

ހޮޓެލިއާ މިޑްލް އީސްޓްގެ އެވޯޑެއް ދިވެއްސަކަށް

Sep 10, 2022

ފަތުރުވެރިކަމާ ގުޅޭ ހަބަރުތައް ގެނެސްދޭ މަޝްހޫރު މަޖައްލާއެއް ކަމަށްވާ -- ހޮޓެލިއާ މިޑްލް އީސްޓްގެ އެވޯޑެއް ދިވެއްސަކަށް ލިބއްޖެ އެވެ.

މި އެވޯޑް ލިބިފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަ ޖުމެއިރާ އަލް ނަސީމް ހޮޓަލްގައި މަސައްކަތް ކުރާ ޖުމާން ސޯލިހް އަށެވެ.

މިއީ ހޮޓެލިއާ މިޑްލް އީސްޓްގެ އެވޯޑެއް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

ނުވަ މީހަކާ ވާދަކޮށް ޖުމާން އަށް ލިބުނީ ފިނޭންސް ޕާސަން އޮފް ދަ އިޔާގެ އެވޯޑްގެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެވޯޑްތައް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެކި ކެޓަގަރީތަކުން ޖުމްލަ 23 މީހަކަށް އެވޯޑް ދީފައިވެ އެވެ.

ހޮޓެލިއާ މިޑްލް އީސްޓް ބޮޑަށް ފާހަގަކުރެވެނީ މެދުއިރުމައްޗާ ގުޅޭ ފަތުރުވެރިކަމުގެ ހަބަރުތައް ގެނެސްދޭ މަޖައްލާއެއްގެ ގޮތުގަ އެވެ. އެ މީހުންގެ ވެބްސައިޓެއްގައި ވެސް ހަބަރުތައް މިހާރު ގެނެސްދެ އެވެ.