ޔުނައިޓެޑް އަރަބް އެމިރޭޓްސް

އެއާ އަރަބިއާއިން ސީދާ ދަތުރުތައް ރާއްޖެއަށް ފަށަނީ

އެއާ އަރަބިއާ އިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

މި ދަތުރުތައް ފަށަނީ ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ދަތުރުތައް ކުރާނީ ދުބާއީގެ ޝާޖް އިންޓަނޭޝާނަލް އެއާޕޯޓުން މާލެއަށް ކަމަށް އެއާ އަރަބިއާއިން މައުލޫމާތުދެ އެވެ.

އެއާ އަރަބިއާ އިން ބުނީ މިދަތުރުތަކަށް މިހާރުވެސް އެ އެއާލައިނުގެ ވެބްސައިޓް މެދުވެރިކޮށް ބުކިން ހެދޭނެ ކަމަށެވެ.

އޭއާ އަރަބިއާއިން މި ދަތުރުތައް ކުރާނީ އެއާބަސް އޭ-320 މަރުކާގެ ބޯޓުތަކުގައެވެ.

ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމާ ބެހޭ ގޮތުން އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް އާދިލް އަލް އަލީ ވިދާޅުވީ ރާއްޖެފަދަ މަގުބޫލު މަންޒިލަަކަށް ސީދާ ދަތުރުތައް ފެށުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"މިއީ މިފަދަ މަންޒިލުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމުތައް ހަމަޖައްސައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއް،" އާދިލް ވިދާޅުވި އެވެ.