ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަބޫ ދާބީގެ ގްރީން ލިސްޓުން އަނެއްކާވެސް ރާއްޖެ އުނިކޮށްފި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫ ދާބީއަށް އެތެރެވާއިރު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭ ގައުމުތަކުގެ ލިސްޓުން ރާއްޖެ އުނިކޮށްފި އެވެ.

އަބޫ ދާބީގެ ޓޫރިޒަމް ޑިޕާޓްމަންޓުން ކޮންމެ ހަފުތާއަކު އަޕްޑޭޓްކުރާ އެގައުމުގެ ގްރީން ލިސްޓު އެންމެ ފަހުން އަޕްޑޭޓް ކުރީ މިއަދު އެވެ.

އެންމެ ފަހުގެ ގްރީން ލިސްޓުން ރާއްޖެ އާއި އެމެރިކާ ވަނީ އުނިކޮށްފަ އެވެ. އަދި އިތުރު ތިން ގައުމެއް މި ފަހަރުގެ ލިސްޓަށް ވަނީ އިތުރުކޮށްފަ އެވެ. މިއަދު އަޕްޑޭޓްކުރި ގްރީން ލިސްޓުގައި މިހާރު އޮތީ 28 ގައުމެވެ.

މިކަމާ ގުޅޭގޮތުން އެޗްޕީއޭއާ ސުވާލު ކުރުމުން އެ އިދާރާ އިން ބުނީ އަބޫ ދާބީގެ ގްރީން ލިސްޓުން ރާއްޖެ އުނިކުރި ވަކި ސަބަބެއް ބުނަން ނޭނގޭ ކަމަށެވެ. އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލިސްޓުން ރާއްޖެ އުނި ކުރީ ޔޫއޭއީގެ ގްރީން ލިސްޓުގައި ނުހިމެނޭ ގައުމުތަކުން ކަރަންޓީނުވުމަށް ގިނަ ބަޔަކު ރާއްޖެ އަންނާތީ އެވެ.

އަބޫ ދާބީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުން އެތެރެވާއިރު ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހުނު ނަމަވެސް، އަބޫ ދާބީ އެއާޕޯޓުން ޕީސީއާރު ޓެސްޓެއް ހަދަންޖެހެ އެވެ.

އަބޫ ދާބީގެ ގްރީން ލިސްޓުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ޗައިނާ، ގްރީންލޭންޑް، ހޮންގް ކޮންގް، މޮރިޝަސް، މޮންގޯލިއާ، ނިއުޒިލެންޑް، ސައުދީ އަރަބިއާ އަދި ސިންގަޕޯ ހިމެނެ އެވެ.

ޔޫއޭއިން އެ ގައުމުގެ ބޯޑަރުތައް ޓޫރިސްޓުންނަށް ހުޅުވާލީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ. އަދި އެގައުމަށް އެތެރެވާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހެ އެވެ.