އުމަރު ނަސީރު

އުމަރުގެ އިގްތިސޯދީ ވައުދުތައް ހާމަކުރައްވައިފި

Sep 12, 2022
3

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިގްތިސާދީ ވައުދުތައް މިރޭ ހާމަކުރައްވައިފި އެވެ.

އިގްތިސޯދީ ވައުދުތައް ހާމަކުރައްވަމުން އުމަރު ވިދާޅުވީ ޒަމާނާ އެއްގޮތަށް ރާއްޖޭގެ އިގްތިސޯދީ ސިޔާސަތު ބަދަލުކުރަންޖެހޭ ކަމަށެވެ. އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން "ދިގު ފިޔަވަޅު" ތަކެއް ކުރިއަށް އަޅަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވި އެވެ.

ރިޔާސީ އިންތިހާބުގައި ކުރިންވެސް ވާދަކުރައްވާފައިވާ އުމަރުގެ އިގްތިސޯދީ ސިޔާސަތުތައް ހާމަކުރެއްވީ "އިގްތިސޯދީ ދިގު ފިޔަވަޅު"ގެ ނަމުގަ އެވެ.

އުމަރުގެ އިގްތިސޯދީ ސިޔާސަތުތައް

  • އައްޑޫ ފްރީ ޓްރޭޑް ޕޯޓް ޒޯން
  • އުތުރު ޓްރާންސިޕްމަންޓް ފޯޓް
  • ވެލިއު އެޑް ކޮށްގެން މަސް އެކްސްޕޯޓް ކުރުން
  • ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލުން
  • ގޭސް އެކްސްޕްލޮރޭޝަން

އުމަރު ގެންދަވަނީ އޭނާއަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ލިބިވަޑައިގެންފިނަމަ އިސްލާމީ ޝަރީއަތުގައިވާ ހުކުމްތައް ތަންފީޒުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ޝަރުއީ ހުރިހާ މަރުހަލާއެއް ނިމުމުން ގާތިލުންނަށް މަރުގެ ހުކުމް ތަންފީޒު ކުރެއްވުމަކީ އުމަރުގެ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިހާރު ވަނީ ދީފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވެ އެވެ. އެމްއެންޕީއާއި ޖޭޕީއާއި ޑީއާރްޕީ އަދި އެމްޑީއޭ އިން ވެސް ގެންދަނީ އެ ޕާޓީ ތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ބުނަމުންނެވެ.