ހަބަރު

"އެކްސް އެކްސް އެލް" އެނާޖީ ޑްރިންކް ރާއްޖެއަށް ތައާރަފްކޮށްފި

ޔޫރަޕް އަދި މެދުއިރުމަތީގައި މަޝްހޫރުކަން ހޯދާފައިވާ "އެކްސް އެކްސް އެލް" އެނާޖީ ޑްރިންކް ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ރާއްޖެއަށް "އެކްސް އެކްސް އެލް" ތައާރަފްކޮށްފައިވަނީ އައި ޓެން އިންޓަނޭޝަނަލްއިންނެވެ.

މިރޭ ސަލްސާ ރޯޔަލްސްގައި އޮތް ރަސްމިއްޔާތެއްގައި މި އެނާޖީ ޑްރިންކް ތައާރަފްކޮށްދެއްވީ ފީފާގެ ރެފްރީއެއް ކަމަށްވާ އަލީ ސަލީމެވެ. އައި ޓެން އިންޓަނޭޝަނަލް ޑެޕިއުޓީ އެމްޑީ މުހައްމަދު ނާސިހު ވިދާޅުވީ، މިހާރު ރާއްޖޭގެ މާކެޓްގައި ހުރި އެނާޖީ ޑްރިންކްސްތަކާ ހިލާފަށް "އެކްސް އެކްސް އެލް" ބުއިމުން ހަކަތަ ގިނަ އިރު ގައިގާ ހުންނާނެ ކަމަށެވެ. އެކަން ތަޖުރިބާކުރި ބައެއްް ފަރާތްތަކުގެ ވާހަކަތައް ވެސް ނާސިހު ކިޔައިދިނެވެ.

"މި އެނާޖީ ޑްރިންކް ހަމަ ވަރަށް ފައްކާ، އަޅުގަނޑު ވަރަށް ބިޒީކޮށް އުޅުނު ދުވަހަކުވެސް ބޯލިން މި ޑްރިންކް އެނާޖީ ހަމަ ރާސްލާފައި ބޫސްޓް ވެގެން ދިޔައީ،" ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ނާޝިދު މުހައްމަދު (ނާއްކޮ) "އެކްސް އެކްސް އެލް"އާ ބެހޭ ގޮތުން ބުންޏެވެ.

"އެކްސް އެކްސް އެލް"އަކީ ރާއްޖެއަށް މުޅިން އާ ޑްރިންކެއް ނަމަވެސް މި ޑްރިންކަކީ ޔޫރަޕާއި މެދުއިރުމަތީގައި މަގުބޫލު ޑްރިންކެކެވެ. ޖަރުމަންވިލާތުގެ އުފެއްދުމެއް ކަމަށްވާ "އެކްސް އެކްސް އެލް"އަކީ ލުބުނާނުގެ އެންމެ މަގުބޫލު އެނާޖީ ޑްރިންކެވެ. އައި ޓެން އިން ބުނާގޮތުގައި، މި ޑްރިންކް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އެ ކުންފުނިން ޔޫރަޕަށް ގޮސް ދިރާސާތަކެއް ކުރުމަށްފަހު އެވެ.

"އެކްސް އެކްސް އެލް" ތައާރަފްކުރި އައި ޓެން އިންޓަނޭޝަނަލްއަކީ އަދި ދެ އަހަރު ވެސް ނުވާ ކުންފުންޏެކެވެ. ނަމަވެސް އެ ކުންފުނިން ދަނީ ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ. ދިވެހިންގެ ތެރޭގައި މަގުބޫލު ކިރެއް ކަމަށްވާ "މިލްކީގޯލްޑް" ރާއްޖެއަށް އެތެރެކުރަނީ ވެސް އައި ޓެން ކުފުނިންނެވެ.