ކްރިމިނަލް ކޯޓް

ނަސީރަށް ކުރި ދައުވާ ބަލައިނުގަތް

Sep 16, 2022
1

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަސީރަށް ކުރި ދައުވާ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތީ އަސާސީ ކަންތައްތަކެއް ފުރިހަމަ ނުވާތީ އެވެ. ރަޖިސްޓްރާގެ ނިންމުން ގާޒީންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެ އެވެ.

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ނަސީރު ހައްޔަރުކުރީ މިދިޔަ ޖުލައި 29 ވަނަ ދުވަހު އެވެ. ނަމަވެސް ބަންދުގައި ދުވަސްތަކަކު ބެހެއްޓުމަށްފަހު މިދިޔަ އޮގަސްޓް 21 ވަނަ ދުވަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

ދޫކޮށްލީ ނަސީރަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހެޅުމަށްފަހު އެވެ.