ވޭމަންޑޫ

ބަންދުކުރާ ކުޑަކުދިން އިސްލާހުކުރާ މަރުކަޒެއް ވޭމަންޑޫގައި ހުޅުވައިފި

Sep 17, 2022

ކުށްކުރާ ކުޑަކުދިންނަށް ފަރުވާދީގެން އަނބުރާ މުޖުތަަމައަށް ނެރުމަށްޓަކައި ތ. ވޭމަންޑޫގައި ގާއިމުކުރި "ޖުވެނައިލް ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު" ހުޅުވައިފި އެވެ.

މިފަދަ މަރުކަޒުތައް ގާއިމުކުރުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ސަރުކާރަށް ލާޒިމުކޮށްފައިވާ ކަމެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުގައި މީގެ ފުރަތަމަ މަރުކަޒު -- ދ. ކުޑަހުވަދޫގައި ހުޅުވާފައިވާއިރު ވޭމަންޑޫގައި މި ހުޅުވީ ދެވަނަ މަރުކަޒެވެ.

ވޭމަންޑު މަރުކަޒު ހުޅުއްވައި ދެއްވާ ދެއްކެވި ވާހަކަފުޅުގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ކުދިންގެ މައްސަލަތައް ހައްލުކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މަރުކަޒެއް ހުޅުވުމަކުން މައްސަލައަށް ހައްލު ނުލިބޭނެ ކަމަށާއި ހަގީގީ މައްސަލަ ދެނެގަނެ އެކަމަށް ހައްލު ހޯދުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މިފަދަ މަރުކަޒުތަކުގައި ތިބޭނީ ދިގު މުއްދަތަށް ބަންދުކުރާ ކުދިންނާއި ވަކި މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާދޭން ޖެހޭ ކުދިންގެ އިތުރުންނެވެ. ކުއްޖާގެ އުމުރާ ގުޅޭގޮތުން ތައުލީމާއި ތަމްރީން މިފަދަ މަރުކަޒުތަކުގައި ދޭނެ އެވެ.