އެސްޓީއޯ

އެސްޓީއޯ އިން "އީޓް އެން އެޕަލް ޑޭ" ފާހަގަކޮށްފި

Sep 17, 2022

ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން އެސްޓީއޯ އިން ދުނިޔޭގެ "އީޓް އެން އެޕަލް ޑޭ" މިއަދު ފާހަގަކޮށްފި އެވެ.

ދުނިޔޭގެ "އީޓް އެން އެޕަލް ޑޭ ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު 4:00 އިން 6:00 އަށް އެސްޓީއޯ ޕާކުގައި އާފަލު ބެހުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިހަރަކާތް ކުރިއަށް ގެންދިޔައީ އެސްޓީއޯ ހެޑް އޮފީހުގެ ފަހަތުގައި އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީ އޮންނަ ޕާކުގަ އެވެ.

އާފަލަކީ ސިއްހަތައް އެތައް ގޮތަކުން ފައިދާކޮށްދޭ މޭވާ އެކެވެ. އެގޮތުން ހަކުރުބައްޔާއި ކެންސަރާއި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ނުރައްކާ ކުޑަކޮށްދިނުމާއި، ބަރުދަން ލުއިކުރުމަށް އެހީވުން ހިމެނެ އެވެ.

ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ގަންނަން ވެސް ލިބެ އެވެ.