ހަބަރު

ޝައިހް އާދަމް ނަސީމް އަވަހާރަވެއްޖެ

ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނަސީމް (ބީއޭ ނަސީމް) އަވަހާރަވެއްޖެ އެވެ.

މަދީނާ ޔުނިވާސިޓީ ތައުލީމު ހާސިލުކުރެއްވި ނަސީމް އަވަހާރަވީ މިއަދު ހެނދުނު އެވެ.

ދިވެހިންގެ ތެރޭގައި އެންމެ ފުރަތަމަ އިނގިރޭސި ބަހުން ބީއޭ ފާސް ހޯއްދެއްވި އާދަމް ނަސީމް ވަނީ އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ރައީސްކަންވެސް މީގެ ކުރިން ކުރައްވާފަ އެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރެއްވުމުގެ ނަސީމް އިސްކޮށް އުޅުއްވި އެވެ.