މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގު މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ދެ މީހަކު ހޯދަނީ

Sep 18, 2022

މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓަށް ހާޒިރުކުރަން ބޭނުންވާ ދެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން ހޯދަމުންދަނީ ތ. ވިލުފުށި، ހައިވަކަރުގެ، އިބްރާހީމް އިރުފާނު (21އ) އާއި، ކ. މާލެ، ދަފްތަރު ނަންބަރު ދރ.521، އުޝާން އަދުނާން (26އ) އެވެ.

އިރުފާނާއި އުޝާން ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މި ދެ މީހުން ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ޖެހެނީ މިމަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ކަމަށެވެ

ފުލުހުން ވަނީ މި ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.