ލައިފްސްޓައިލް

ދަރިން ތަރުބިއްޔަތު ކުރާނެ ރަނގަޅު ގޮތްތައް ބޭނުން

"ދަރިން ތަރުބިއްޔަތުކުރުމަކީ ބޮޑު ގޮންޖެހުމެއް، ހާއްސަކޮށް ޕެންޑެމިކްއަށް ފަހު. އަހަރެންގެ ތިން އަންހެން ދަރިން ބޮޑުކުރުމަކީ ހަމަގައިމުވެސް ފަސޭހަކަމެއް ނޫން،" އެސްތާ ވޮޗިސް ބުންޏެވެ.

އެސްތާ ވޮޗިސްކީ އަކީ "ހައު ޓު ރެއިޒް ސަކްސެސްފުލް ޕީޕަލް" ފޮތުގެ ލިޔުންތެރިޔާ އެވެ.

"އަހަރެންގެ ދަރިންގެ ހުރިހާ ކާމިޔާބީތަކުގެ ކްރެޑިޓެއް އަހަރެން ނުނަގަން، އެކަމަކު އެ ތިން ކުދިންވެސް ބޮޑުވެގެންވީ ވަރަށް ކާމިޔާބު ތިން ކުދިންނަށް. ސޫޒަން އަކީ ޔޫޓިއުބްގެ ސީއީއޯ، ޖެނެޓް އަކީ ޑޮކްޓަރެއް އަދި އޭން އަކީ 23އެންޑްމީގެ ސީއީއޯ އަދި ކޯފައުންޑާ. އެކުދިން ފިރިހެނުން ޑޮމިނޭޓްކުރާ ވަރަށް ވާދަވެރި ޕްރޮފެޝަންގައި އެތިބީ އެންމެ ކުރި ހޯދާފައި،" އެސްތާ ބުންޏެވެ.

އެސްތާ ބުނިގޮތުގައި އޭނާގެ ފޮތް ލިޔަމުން ދިޔައިރު، އޭނާއަށް އެކި ދަރިން ތަރުބިއްޔަތު ކުރާ ގޮތްތައް ނޫނީ ޕޭރަންޓިން ސްޓައިލްތަކާ ބެހޭގޮތުން ގިނަ ސުވާލުތައް ކުރިމަތިވި ނަމަވެސް ހުރިހާ އެންމެންވެސް ދެނެގަތުމަށް ބޭނުންވަނީ ދަރިން ތަރުބިއްޔަތުކުރުމުގައި ރަނގަޅު ނޫން ގޮތްތަކެވެ.

އެސްތާ ބުނީ އޭނާގެ ތަޖުރިބާއާއި ދިރާސާއިން އޭނާ ގަބޫލުކުރަނީ އެއީ "ހެލިކޮޕްޓާ ޕޭރަންޓިން" ކަމަށެވެ. އަދި އެއީ އެންމެ "ޓޮކްސިކް" ގޮތް ކަމަށެވެ.

ހެލިކޮޕްޓާ ޕޭރަންޓިން އަކީ ކޮބާ؟

"ސްނޯ ޕްލައު ޕޭރަންޓިން" ވެސް ކިޔާ މިގޮތަކީ ދަރިންނަށް ފަސޭހަ ކޮށްދޭންވެގެން ދަރިންނަށް ކުރިމަތިވާ ހުރަސްތައް ދުރުކޮށްދީ، އެކުދިންނަށް ގޮންޖެހުންތަކާއި ރުޅިވެރިކަމާއި މާޔުސްކަން ކުރިމަތިލާން ނުޖެހޭ ގޮތް ހެދުމެވެ.

ދިރާސާތައް ދައްކާ ގޮތުގައި މިގޮތަށް އާދަޔާ ހިލާފަށް ކުދިންގެ ކަންތައްތަކުގައި ހިމެނިގެން އުޅުމުން އެ ކުދިން ބާރުވެރިއެއް ނުވެ އެވެ. އެ ކުދިންނަށް ހުރިހާ ކަމެއްކޮށްދީ، ބޭނުމެއް އޮތްކަން ދޭހަވުމުގެ ކުރިން އެބޭނުންތައް ފުއްދައިދީ ހެދުމުން އެކުދިންނަށް ބަދަލުގައި އަމިއްލައަށް ކަންތައްތައް ކުރުމާއި މައްސަލަތައް ހައްލުކުރުމަށާއި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަސްނުވެ، މައިންބަފައިންނާ ވަކިން އައިޑެންޓިޓީއެއް ނޯންނާނެ އެވެ.

ހެލިކޮޕްޓާ މައިންބަފައިންގެ ނިޔަތް ކިތަންމެ ރަނގަޅުނަމަވެސް، ނަތީޖާއަކީ އެމީހުން އެދޭގޮތާ ހިލާފަށް ދަރިން ބޮޑުވުމެވެ. އެ ކުދިންނަކީ ރިސްކުނަގަން ނުކެރޭ، ފަސޭހައިން ބިރުގަންނަ އަދި އުފެއްދުންތެރިކަމެއް ނެތް ކުދިންނަށް ވެއެވެ.

އެސްތާ ބުނީ އޭނާގެ ރަހްމެތްތެރިޔާ މޭ މަސްކަކީ ޓެސްލާ ކުންފުނީގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލަން މަސްކްގެ މަންމަ ކަމަށާއި އޭނާ ދެކޮޅުޖެހޭތޯ ފަސް ވަޒީފާއަށް ދަމުން ވަގުތު ނެތީމަ އެއްވެސް ވަރަކަށް ކުދިންގެ ހޯމްވޯކް ޗެކް ނުކުރާ ކަމަށެވެ. މޭ ބުނީ ކުދިންގެ ހޯމްވޯކަށް ބެލެނިވެރިއެއްގެ ސޮއި ބޭނުންވާ ހާލަތުގައި ކުދިންނަށް ސޮއި ކުރުމަށް ފަރިތަ ކޮށްދީފައިވާ ކަމަށެވެ.

ކުދިންނަށް ބޭނުންވަނީ ކޮންޓްރޯލް ނޫނީ ހިމާޔަތް ނުކޮށް، މިފަދައިން އަމިއްލަ ހަޔާތުގައި ޒިންމާ ނަގަންކަމުގައި އެސްތާ ބުންޏެވެ.

ހަމަ އެހެންމެ، ކުދިން މާބޮޑަށް ދޫކޮށްލާ، ޒިންމާދާރު ކުރުވުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. ކުދިން ޒިންމާދާރު ކުރުވަން ކަމަށް ބުނެ ފަސް އަހަރުގައި ކަންމަތީ ފިހާރައަށް ފޮނުވުމާއި އަށް އަހަރުގައި އެއްޗެހިދޮވެ އިސްތިރިކޮށް އަދި 10 އަހަރުގައި ރޭގަނޑުގެ ކެއުން ތައްޔާރުކުރުވަން ކޮންމެހެން ނުޖެހެ އެވެ. އޭގެ ބަދަލުގައި އެ ކުއްޖާގެ އުމުރުފުރާއާ އެކަށީގެންވާ މަސައްކަތް ހަވާލުކުރާށެވެ. އެ ކުއްޖާ ލައްވާ ކުދި މަސައްކަތުން ފަށާ، މަޑުމަޑުން ބޮޑުވާ ވަރަކަށް ކަންތައްތައް އިތުރުކުރާށެވެ.

މައިންބަފައިންނާއި ޓީޗަރުންނަށް ކުދިން ބާރުވެރިކުރުވާ، ކާމިޔާބު، މުސްތަގިއްލުކޮށް ވިސްނާ، ޓީމްތަކުގައި މަސައްކަތް ކުރެވޭ ކުދިން ބިނާކުރެވޭނެ އެވެ.

އެސްތާ ލަފާދެނީ ކުދިން ތަރުބިއްޔަތުކުރުމުގައި "TRICK"ގެ ފަސް އަހަރުގައި ބުނާ ޓްރަސްޓް، ރެސްޕެކްޓް، އިންޑިޕެންޑެންސް، ކޮލޭބަރޭޝަން އަދި ކައިންޑްނަސް ބޭނުން ކުރުމަށެވެ.

1
 

ޓްރަސްޓް (އިތުބާރު)

ބެލެނިވެރިން އަމިއްލަ ނަފްސަށާއި ނިންމާ ނިންމުންތަކަށް އިތުބާރު ކުރުމުން، ކުދިންގެ ނިންމުންތަކަށް އިތުބާރުކޮށް އެކުދިން ބާރުވެރިކުރެވޭނެ އެވެ.

ރެސްޕެކްޓް (އިހުތިރާމް)

ކޮންމެ ކުއްޖެއްގެވެސް ވަކި ހުނަރެއް ހުންނާނެ އަދި މި ހުނަރު ތަރައްގީކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. މިއީ އެ ކުދިން ގާތު ކާކަށްތޯ ވާންވީ، ކޮން ދާއިރާއެއްތޯ ކިޔަވަންވީ އަދި އެކުދިންގެ ހަޔާތް ބައްޓަންކުރަންވި ގޮތް ކިޔާދިނުމުގެ އަނެއްކޮޅެވެ.

އިންޑިޕެންޑަންސް (މިނިވަން)

މިއީ އިތުބާރާއި އިހުތިރާމުގެ މައްޗަށް ބިނާކުރެވިފައިވާ ހަރުދަނާ ބިންގަލެކެވެ. މުޅިން މިނިވަންކޮށް އުޅޭ ކުދިންނަށް އުނދަގޫތަކާއި ގޮންޖެހުންތަކާއި ފޫހިވުން ކަހަލަ ކަންތައްތަކާ ކުރިމަތިލާންޖެހެ އެވެ. މިއީ ހަޔާތުގައި ދިމާވާނެ ކަންތައްތަކެވެ.

ކޮލޭބަރޭޝަން (ގުޅިގެން އުޅުން / މަސައްކަތްކުރުން)

ކޮލޭބަރޭޝަނަކީ އެކުގައި ގުޅިގެން އާއިލާގެ ތެރޭގައި، ކްލާހުގައި ނޫނީ މަސައްކަތު މާހައުލުގައި މަސައްކަތް ކުރުމެވެ. މައިބަފައިން ކުދިންނަށް ހިތްވަރުދޭންވީ ކަންތައްތަކުގައި ހިޔާލު ފާޅުކޮށް، މަޝްވަރާތަކުގައި ބައިވެރިވުމަށެވެ.

ކައިންޑްނަސް (ހިތްހެޔޮކަން)

ހަގީގީ ހިތްހެޔޮކަމަކީ ޝުކުރުވެރިވުމާއި މާފުކުރުމާއި އެހެން މީހުންނަށް ހިދުމަތްކޮށް، ތިމާ ދުނިޔޭގެ ކަންތައްތަކުގެ ބޭރުން ކަންތައްތަކަށް ހޭލުންތެރިވުމެވެ.

އެސްތާ އިތުރަށް ލަފާދެނީ ކުދިން މާބޮޑަށް މޮނިޓާކުރުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް ބްރޭކެއް ދީ، އެކުދިންނަށް އެހީތެރިވުމަށާއި އިސްނަގަން ފުރުސަތު ދޭށެވެ. އޭރުން އެ ކުދިން އެކަމުގެ އަގު ވަޒަންކޮށް، މިނިވަންކޮށް އުޅޭ އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުދިންގެ ގޮތުގައި ބޮޑުވާނެ އެވެ.