އިސްލާމިކް މިނިސްޓްރީ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކަށް އެހީވެވޭނެ

Sep 22, 2022
1

އުރީދޫ އެމް-ފައިސާ ހިދުމަތް މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަގުފު ފަންޑަށް ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޗީޕް އެގްޒެކެޓިވް އޮފިސަރު ހާލިދު ހަސަން އަލް-ހަމާދީ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކިއުއާރް ކޯޑެއް ބޭނުންކޮށްގެށް އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑަށް މިހާރު ފައިސާ ފޮނުވޭނެ ކަމަށެވެ.

އުރީދޫގެ އެމް-ފައިސާ އެޕްލިކޭޝަން މެދުވެރިކޮށް މިސްކިތްތަކަށް އެހީވާ ވަގުފް ފަންޑަށް ފައިސާ ފޮނުވާނެ ގޮތް އަންގައިދޭ ލިޔުންތަކެއްވެސް މިނިސްޓްރީން ވަނީ ބައެއް މިސްކިތްތަކުގައި ހަރުކޮށްފަ އެވެ.