ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

Sep 22, 2022
2
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

އިނގިރޭސިވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހަމައްދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިއަދު މާލެ ވަޑައިގެންފި އެވެ.


ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިމަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވީ އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން އިނގިރޭސި އާ ރަސްގެފާނު، ޗާސްލް ތިންވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި އެ އާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި މިމަހުގެ އަށްވަނަ ދުވަހު އެވެ.

ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ވެސް ބެހެއްޓި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރެއްވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

ފަރަޙަނާޒް އަކީ ކޮންކަމެއް ކުރާ މީހެއް ބާއޭ ބައެއް ފަހަރު ހިތަށް އަރައެވެ. އިނގިރޭސި ވިލާތުގެ އެމްބެސެޑަރ އަކަށް ފަރަޙަނާޒް މިހާރު ހުރީމާ، އޭނާ ރާނީގެ ޖަނާޒާއަށް ފޮނުވަން ހަމަ ރަނގަޅު ވާނެ ކަންނޭންގެއެވެ. ހަރަދު ކުޑަކުރާ ނަމޭ، ސިޔާސީ މަޤާމު މަދުކުރާނަމޭ ކިޔައިގެން އިބޫ ހުވާކޮށްފައި، 3 މިލިއަން ރުފިޔާ ޙަރަދުކޮށް ރާނީގެ ޖަނާޒާއަށް ފަޒުނާ އާއި އިބޫ ދިޔައިމާ މިވީ ކޯޗަކައްހެއްޔެވެ؟ މިހިރަ މިހިރަ ނުބައިނުލަފާ ގިނަ ކަންކަން އިބޫގެ ގައިގައި ހުރީމާ (ފިޤްހް ޢިލްމްގައި ބުނާހެން)، އެންމެ ކުޑަކޮށް ޤައުމަށް ގެއްލުން ވާނޭ ފަރާތް އަޅުގަނޑުމެން ނަގަން އެބަޖެއެވެ. ޤާޒީން ވެސް ޔާމީން "ފްރީ" ކުރެއްވުމަކީ ޤައުމަށް ކޮށްދެއްވޭ ޙިދުމަތެކެވެ. ހަމައެކަނި 25 ބުރީގެ ހޮސްޕިޓަލްއަށް ބަލާލިޔަސް ފުދެއެވެ. ޔާމީން އަކީ ޤައުމައް ފައިދާހުރި ގޮތްގޮތަށް ބައްލަވައިގެން ވެރިކަންކުރެއްވި ބޭފުޅެކެވެ. 2023 ގައި ޔާމީން އަށް ވޯޓް ލައްވަވާށެވެ.

ޝައްފަ

ދުނިޔޭގެ ބޮޑުސިންގާހަ އަދި މުއްސަދި ޤައުމެއްގެ ވެރިއެއްވިއްޔަ. ދެން ދާންޖެހޭނެއެއްނު. މިއުޅެނީ ކޮރޯނާގެ އަޑިވަޅުގަނޑުން އަރައިނުގަނެވިގެންކަން މި އިބޫ އަކަށް ނޭންގެ. 3 މިލިއަނުން ހާދަ ބައެއްގެ ބަނޑުފުރާ މުއްތި ކުރެވޭނޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910