ދުނިޔެ

ރަޝިއާ، ޔުކްރޭން ސުލްހަކުރަން މަސައްކަތް ކުރާނަން: އުރުދުޣާން

ރަޖަބް ތައްޔިބު އުރުދުޣާން: ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
0%
0%
0%

ތުރުކީގެ ރައީސް ރަަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވި ގޮތުގައި ފުރަތަ ކަމަކަށް އޮތީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންނަށާއި ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއަށް ޝުރުރު އަދާކުރުމެވެ.

އެ ދެ ލީޑަރުންނަށް ޝުކުރު އަދާކުރަން ޖެހެނީ އުރުދުޣާން ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ކުށްވެރިން ބަދަލުކުރަން އެއްބަސްވެ ވަޑައިގެނެންވީތީ އެވެ.

ތުރުކީ އާއި ސައޫދީން ކުރި މަސައްކަތުން 200 ކުށްވެރިން ދޫކުރަން ރަޝިއާ އާއި ޔުކްރޭނުން ވަނީ އެއްބަސްވެފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން އެ މީހުންގެ އާއިލާއަށް އެނބުރި ވަނީ ގޮސްފަ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ކުށްވެރިން ދޫކުރަން ޕޫޓިން އާއި ޒެލެންސްކީ އެއްބަސްވެ ވަޑައިގަތުމަކީ އުންމީދީ ކުރިއެރުމެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެއީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މަޝްވަރާ ކުރުމުން ސުލްލައަށް އޮތް ފުރުސަތު ފެނި ހާމަވަމުންދާ ކަމަށް އުރުދުޣާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ސުލްހައަށް ތުރުކީ ކުރަމުން ގެންދާ މަސައްކަތް ހުއްޓައި ނުލައްވާނެ ކަމަށެވެ.

އދ. އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ނިއު ޔޯކަށް ވަޑައިގެން އުރުދުޣާން ނޫސްވެރިންނަށް ވިދާޅުވި ގޮތުގައި، އދ. ގެ ސެޝަނަށްފަހު ގައުމަށް އެނބުރި ވަޑައިގެން ޕޫޓިންނަށާއި ޒެލެންސްކީއަށް ފޯނުކުރައްވާނެ އެވެ.

ހަނގުރާމަ ނިންމަން މަގުޗާޓެއް ކުރައްސަވަން ދެ ލީޑަރުންނަށް ދަންނަވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

"ރަޝިއާ، ޔުކްރޭން ހަނގުރާމާ ހުއްޓުވުމުގައި އދ. އަށް ކޮންމެވެސް އުޒުރެއް އެބަ އޮތް،" އުރުދުޣާން ނޫސްވެރިންނަށް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ދުނިޔެ ބަނޑަށް ޖެހިދާނެ ކަމަށް އޮތް ބިރު އަދިވެސް ފިލާ ނުދާ ކަމަށެވެ.

އދ. އާއި ތުރުކީ ހެކިކޮށް ޔުކްރޭނުން މިހާރު ގޮވާން އެކްސްޕޯޓް ކުރުމަކީ ދުނިޔެއަށް -- ފަގީރު ގައުމުތަކަށް ހިތްހަމަޖެހުމެއް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން އިތުރަށް ވިދާޅުވި ގޮތުގައި ބޮޑެތި މައްސަލަައް އެއްފަހަރު ކުރާ މަޝްވަރާއަކުން ހައްލުނުކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345