ރަޝިއާ، ޔުކްރޭން ހަނގުރާމަ ނިއުޅެމުން ދަނީ ތިންވަނަ ބޮޑު ހަނގުރާމައާ ދިމާއަށް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް މިހެން ވިދާޅުވީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ބަސް ވިދާޅުވި ގޮތަކުންނެވެ.
ޕޫޓިން ވިދާޅުވީ ރަޝިއާގެ އަމިއްލަވަންތަކަމުގެ ދިފާއުގައި ހުރިހާ އެއްޗެއްވެސް ބޭނުން ކުރައްވަން ޖެހިވަޑައި ގެންފާނެ ކަމަށެވެ. އަދި ބާރުގަދަ ހަތިޔާރު -- ނިއުކްލިއާ ހަތިޔާރަކީ ވެސް އޮތް ފުރުސަތެއް ކަމަށްވެސް ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމަ އަކީ ނުކޮށް ފަރުޖެއްސެން އޮތް ހަނގުރާމައެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ ވެރިކަމުގައި ހުންނެވި ނަމަ ޔުކްރޭން ހަނގުރާމަ ނުފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި މޭރުމުން ޓްރަމްޕް ވަނީ މީގެ ކުރިން ވެސް ބަސްވިދާޅުވެފަ އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ އަކީ ގައުމުތަކުގައި ތިބި ވެރިންގެ ވިސްނުން ކިލަނބުކަމުން ފެށިގެން އުޅޭ ހަނގުރާމައެކެވެ.
ޓްރަމްޕް ވައިޓް ހައުސްގައި ހުންނެވި ނަމަ ރަޝިއާ، ޔުކްރޭންގެ މައްސަލަތައް އޮމާންކަމުގައި ނިމިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތިންވަނަ ބޮޑު ހަނގުރާމައާ ދިމާއަށް ދުނިޔެ ދަނީ ޓްރަމްޕް ވިދާޅުވި ގޮތުގައި ގައުމުތަކުން އެގޮތް ބޭނުންވާތީ އެވެ. އަދި އޭނާ އެގޮތަށް ވިދާޅުވަނީ ހަމަނުޖެހުންތައް އެ ދިމާއަށް -- ތިންވަނަ ބޮޑު ހަނގުރާމައަކާ ދިމާއަށް ދާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމަ ސުލްހަވެރި ގޮތުގައި، މަޝްވަރާ ކޮށްގެން ނިންމުމަށް ދުނިޔެ ގޮވާލަމުން ދާއިރު ރަޝިއާއިން ވަނީ ރިޒާވް ސިފައިން ނެރުމަށް ގޮވާލާފަ އެވެ.
މިއީ މަޝްވަރާކޮށްގެން ހަނގުރާމަ ނިންމުމުގެ ބަދަލުގައި ހަނގުރާމަ އާކުރަން ކުރެވޭ މަސައްކަތެއް ކަމަށްވެސް ދުނިޔެ ގަބޫލު ކުރެ އެވެ.