އެމްއެންޑީއެފް

ރާއްޖެ ސަރަހައްދުގައި އުޅުނު ބޭރުގެ ބޯޓެއް އަތުލައިގެންފި

Sep 23, 2022

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެއުޅުނު ބޭރުގެ މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

ރާއްޖެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ބޭރުގެ މަސް ބޯޓެއް އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑަށް މިއަދު ހެނދުނު 11:26 ހާއިރު ރިޕޯޓް ކޮށްފައިވަނީ ބޯޓު އޮތް ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުންނެވެ

އެމްއެންޑީއެފް އިން ބުނީ ބޯޓުގެ މައުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑުގެ އުޅަނދު -- މާފަތް ލޯންޗް އެ ސަރަހަށްދަށް ގޮސް މިއަދު މެންދުރުފަހު 2:00 ހާއިރު އެ ބޯޓް، ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި ބޯޓް ކޯސްޓްގާޑަށް ފެނިފައިވަނީ ލ. އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުން ކަމަށްވެސް ސިފައިންގެއިން ބުނެ އެވެ.

މި އުޅަނދު ފުލުހުންނާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.